ކަކުލުގައި ރިހުމަކީ ރަނގަޅު ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށް މީހުންނަށް ހީވެފައި އޮވެ އެވެ. އެހެން ނަމަވެސް ކުރީކޮޅު މިކަމަށް ސަމާލުކަން ދީގެން ފަރުވާ ކުރެވިއްޖެނަމަ މިއީ ގޭގައިވެސް ފަރުވާ ލިބިދާނެ ކަމެކެވެ.

ހަމައެހެންމެ ކެއުމަށް ބޭނުންކުރާ ބާވަތް ތަކުގައި އެކަމަށް އެކަށޭނެ ބާވަތްތައް ހިމަނާލުމަކީ ފަސޭހައިން ކަކުލުގައި ރިހޭ ރިހުމަށް ފަރުވާ ހޯދިދާނެ ކަމެކެވެ.

1. ކެރެޓު

ކެރެޓު. ފޮޓޯ: ބީބީސީ

ކެރެޓު ކާން އާންމުކޮށް ލަފާދެނީ ލޮލުގެ ފެނުން އިތުރަށް ރަނގަޅުކުރުމަށެވެ. އެހެންނަމަވެސް ކެރެޓަކީ ކާއިރު ބޭނުންކުރާ ތަކެތީގެ ތެރޭގައި ހިމަނައިފިނަމަ، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދޭ އެއްޗެކެވެ. ހަމައެހެންމެ މިއީ މީގެ އެތައް އަހަރުތަކެއް ކުރިން ޗައިނާގައި އެމީހުންގެ ކާބަފައިން ކަކުލު ހުޅުތަކުގައި ރިއްސުމުން ބޭނުންކުރާ ފަރުވާއެކެވެ. ކެރެޓު ކައްކައިގެން ނުވަތަ ނުކައްކައި ކެއުމުންވެސް ގިނަގުނަ ފައިދާތަކެއް ލިބެ އެވެ.

2. ރީނދޫ

ރީނދޫ. ފޮޓޯ: ބީބީސީ

ރީނދޫ އާންމުކޮށް ދިވެހިން ބޭނުންކޮށް އުޅެނީ، ކާތަކެއްޗަށް ކުލަ ގެނުވާށެވެ. ނަމަވެސް ރީނދޫގެ ސަބަބުން ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށްވެސް އެހީތެރިވެދެ އެވެ.

ރީނދޫ އަކީ ދިވެހި ބޭހުގައިވެސް ބޭނުންކުރެވޭ އެއްޗަކަށްވާއިރު، މިއީ ކައްކާއިރު، ނުވަތަ ޕޭސްޓު ހަދައި އުނގުޅައިގެންވެސް ކަކުލު ހުޅަށް އަންނަ ރިހުމަށްދޭ ޝިފާއެކެވެ. ރީނދޫގައި އެކުލެވޭ ބާވަތް ކަމަށްވާ ކާކިއުމިން އަކީ ރިހުން ހުރި ތަންތަނުގެ ތަދު ކެނޑުވުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

3. އިނގުރު

އިނގުރަކީ ސިއްހަތަށް ވަރަށް ފައިދާހުރި އެއްޗެއް

އިނގުރު ކެއުމުން ނުވަތަ ކަކުލުގައި ތަދުވާ ތަނެއްގައި އުނގުޅުމުން އޭގައި ހިމެނޭ އެންޓި-ފްލެމެންޓަރީ ޕްރޮޕަޓީގެ ސަބަބުން ދުޅަވުމާއި ދުޅަވުމާއި ގުޅިގެން ރިހޭ ރިހުމުން ދުރުކޮށްދެ އެވެ. މިކަން ކޮށްދެނީ އިނގުރުގައި ހިމެނޭ ޖިންޖަރޯލް ނަމަކަށް ކިޔާ މާއްދާގެ ސަބަބުންނެވެ.