އިންޑިއާގެ ރީހެބިލިޓޭޝަން ސެންޓަރެއްގައި ފަރުވާ ހޯދަމުންދިޔަ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުންދަނީ ހދ. ކުޅުފުއްޓަށް ނިސްބަތްވާ 37 އަހަރުގެ އަބްދުﷲ އަލީމެވެ. އަދި އޭނާ ދިޔައީ އިންޑިއާގެ ބެންގަލޫރުގެ ރީހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުންނެވެ. އޭނާ އެ ސެންޓަރުގައި ފަރުވާ ހޯދާާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އެނގިފައިވާގޮތުގައި މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން އަލީމް ގެއްލިގެން ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

އަލީމްގެ އާއިލާއިން ބުނީ، ރީހެބްގައި ފަރުވާހޯދާއިރު، ސެންޓަރުން ބޭރަށް ނުކުމެ ހިނގާ ހެދުމުގެ ހުއްދަ އޮންނަ ކަމަށެވެ. އަދި އެ ހުއްދައިގެ ދަށުން އަލީމް ވެސް ބޭރަށް ނުކުމެ އުޅޭކަމަށް އާއިލާއިން ބުނެފައިވެ އެވެ.

އެހެން ނަމަވެސް 8 ވަނަ ދުވަހު އަލީމް ބޭރަށް ނުކުތް ގޮތަށް ހަބަރެއްވެފައި ނުވާކަމަށް އާއިލާއިން ބުނެފައިވެ އެވެ.

އަލީމްގެ ހަބަރެއް ނުވުމާ ގުޅިގެން އާއިލާއިން ވަނީ ޖެހިގެން އައި ދުވަހު އެކަން ރީހެބިލިޓޭޝަން ސެންޓަރަށް ރިޕޯޓްކޮށްފަ އެެވެ. އަދި ރިޕޯޓުކުރުމާ ގުޅިގެން ބެންގަލޫރުގެ ޕޮލިހުންނާއި ރިހެބިލިޓޭޝަން ސެންޓަރުން ދަނީ އާލިމް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އާލިމް ގެއްލިގެން އުޅޭކަން އާއިލާއިން ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީއަށާއި ދިވެހި ފުލުހުންނަށް ވެސް ރިޕޯޓުކޮށްފަ އެވެ.