ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހުން އާންމުކުރި ބަޔާނެއްގައި ބުނިގޮތުގައި އެ ދެ މައްސަލައާ ގުޅިގެން ހޯދަމުން ދަނީ އއ. މަތިވެރި، ހަނދުވަރީގެ، އަބްދުﷲ ޖަމީލް 31 އ އާއި ބ. ކަމަދޫ، ސުވާސާގެ، މުހައްމަދު ރާފިލް ރިޔާޒް 24އ ކަމަށެވެ.

އެގޮތުން ޖަމީލް ހޯދަމުން ދަނީ ދައުލަތުން ދައުވާކުރާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަ

އޭގެ އިތުރުން މުޙައްމަދު ރާފިލް ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެ ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.

މި ދެމީހުން ވެސް ބަންދުގައި ބަހައްޓައި، މިމަހުގެ 21 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ވަނީ މިދެމީހުންނާއު ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.