ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ކަންގަނާ ރަނާއުތް އާއި ދީޕިކާ ޕަޑުކޯން އަކީ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ދެ ތަރިންނެވެ.

ހަމައެހެންމެ ދެ ތަރިންވެސް ވަނީ އެދެތަރިންގެ މޮޅު އެކްޓުންނާއި ހުނަރުން ގިނަ ބައެއްގެ ހިތްތައް ފަތަހަކޮށްލާފަ އެވެ.

އެހެންނަމަވެސް އެދެތަރިންނަކީ އެކަކު އަނެކަކަށް ނަފްރަތު ކުރާ ދެތަރިންކަމީ، މުޅި ބޮލީވުޑް އިންޑަސްޓްރީގައި ދެކެވޭ އެއް ވާހަކަ އެވެ. އެދެތަރިންގެ ކޯޅުން އެންމެ ދުރަތަމަ ފެށުނީ، އާންމުންގެ ތެރޭގައި ކަންގަނާ، ދީޕިކާއަށް ހާމަކަންބޮޑު ގޮތެއްގައި ފާޑުކިޔުމުންނެވެ.

މިކަމާއި ގުޅިގެން ދީޕިކާ ރައްދެއް ނުދިން ނަމަވެސް، ކަންގަނާއާ ރަހުމަތްތެރިކަން ބާއްވަން އޭނާ ބޭނުން ނުވާކަން ވަނީ ހާމަވެފަ އެވެ. އެގޮތުން ދީޕިކާގެ ކައިވެންޏަށް އިންޑަސްޓްރީގެ އެކި ފަންތީގެ މީހުންނަށް ދައުވަތު ދިންނަމަވެސް ކަންގަނާއަށް ދީޕިކާ ދައުވަތު ދީފައެއް ނުވެ އެވެ.

އާންމުން ގަބޫލުކުރާ ގޮތުގައި ކަންގަނާ ދީޕިކާ ދެކެ ރުޅިއައިސް ފާޑުކިޔާފައިވަނީ، ދީޕިކާގެ ކުރިއެރުންތަކުގެ ސަބަބުން އެކަމާއި ނުރުހުން ވާތީ އެވެ.

އެދެ ތަރިން މިއަދާ ހަމައަށްވެސް ގުޅުން ނުބާއްވަ އެވެ.