ގަވާއިދުން ނިދުމަކީ ކޮންމެ އިންސާނަކަށް ވެސް މުހިންމު ކަމެކެވެ. ހަމަ ނިދި ނުލިބުމަކީ ހަމައެކަނި އިންސާނާ ސިއްހީ ގޮންޖެހުންތައް މަގުފަހިކޮށްދޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް އެއީ އެކަމެއްގެ ސަބަބުން ފުރާނައަށް ނުރައްކާތެރި ކަމެކެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ އދ. ޖަމިއްޔާއިން ދެކޭ ގޮތުގައި ނިދި މަހުރޫމުވުމަކީ އިންސާނަކަށް ދެވޭ އެންމެ ބޮޑު އެއް ގެއްލުމެވެ. އަދި ނިދި ނުލިބި ގިނަ އިރުވާ ވަރަކަށް އެކަމުގެ ނުރައްކާތެރިކަން ބޮޑުވެ އެވެ.

ނިދި ނުލިބި 18 ގަޑިއިރު ހިނގައިދާ ނަމަ، ހަށިގަނޑުގެ ބާރު މަޑުމަޑުން ދަށަށް ދާކަން އިހުސާސްވާން ފަށާނެ އެވެ. އަދި 24 ގަޑިއިރު ވަންދެން ނުނިދާ އުޅޭ ނަމަ، ހަށިގަނޑުގެ ބާރު ދަށްވާން ފެށުމުގެ އިތުރުން ލޮލުގެ ފެނުމަށް ވެސް އަސަރުކުރަން ފަށަ އެވެ. ސަބަބަކީ ނިދި ނުލިބުމުގެ ސަބަބުން ސިކުނޑީގެ ސެލްތަކުގެ މަސައްކަތް ލަސްވާން ފެށުމެވެ.

ހަމަ އެހެންމެ ނިދި ނުލިބޭ ވަގުތުތައް އެއަށް ވުރެ ގިނަވާނަމަ، ބަލިވުމުގެ ފުރުސަތު އާދަޔާ ހިލާފަށް މަތިވެ އެވެ. އަދި "މައިކްރޯ ސްލީޕް" (މަދު ސިކުންތަކަށް ޖެހޭ ނިދި) އައުމާއި، ބައެއް ތަކެތި އެކި ސައިޒުތަކުން ފެނުމުގެ އިތުރުން ހެލިއުސިނޭޝަން (ހަގީގަތާއި ހިލާފު މަންޒަރު ސިފަވުން) ފަދަ ކަންކަމަށް މަގުފަހިވެ އެވެ.

ހެލިއުސިނޭޝަންގެ ހާލަތު ބޮއްސުންލައި ފިނަމަ، ސިކުނޑީގެ މަސައްކަތް ހުއްޓި ގުނަވަންތައް ފެއިލްވުމަކީ އެކަށީގެންވާ ކަމެކެވެ.

ސްލީޕް ޑިޕްރައިވިއޭޝަންގެ ހައްލަކީ ރޭގަނޑު އަވަހަށް ނިދައި ހެނދުނު އަވަހަށް ހޭލުން ކަމުގައި ހޯދުންތަކުން ބުނެފައިވެ އެވެ. ސްލީޕް ޑިޕްރިވިއޭޝަންގެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެފަދަ ހާލަތުން ރަނގަޅުވުމަށް ގިނަ ހަފްތާތަކެއް ނަގަ އެވެ.