ވ. އަތޮޅުގެ ވެމްޕަރު ފަޅު ބޭރު ކަނޑުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ވ. އަތޮޅު ވެމްޕަރު ފަޅު ހުޅަނގު އުތުރު ކަނޑުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގެ ރިޕޯޓު ކުރީ މިއަދު ހެނދުނު ނުވައެއް ޖަހާ ކަންހާއިރު ކަމަށެވެ.
އެ ހަށިގަނޑު މިހާރު ފުލުހުންގެ ލޯންޗަށް ނަގާފައިވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ކަނޑުން ނަގާފައިވާ ހަށިގަނޑަކީީ އަންހެނެއް ކަމެއް ނުވަތަ ފިރިހެނެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ހަށިގަނޑު ފެނުނު އިރު، ހަށިގަނޑަށް އެއްވެސް އަނިޔާއެއް ވެފައިކަމެއް ނުވަތަ ހަށިގަނޑުގެ ހާލަތު ފުލުހުން ބުނެފައެއް ނުވެ އެވެ.
މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ރިފްއަތު އައްޔަންކޮށްފި
އިންތިހާބަށް ދައުލަތުގެ ވަސީލަތްތަކާއި ނުފޫޒު އިންތިހާއަށް
ރަމަޟާން މަހުގެ ރޯދަ ހިފާ ޣައިރު މުސްލިމުން ގިނަވަނީ!
