ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ލިބިއްޖެ ނަމަ ރައްޔިތުން މަގުމަތިވާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ރައްޔިތުން މަގުމަތިކޮށްލާފައިވާކަމަށް ރައީސް ސޯލިހު ތުހުމަތު ކުރައްވައި ވިދާޅުވެފައި ވަނިކޮށެވެ.

އެގޮތުން މިއަދު ނ. އަތޮޅަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު ކެނދިކުޅުދޫ ރައްޔިތުންނާ މުހާތަބޮކޮށް، ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ އެއްވެސް ބޭފުޅަކު ރައީސް ސޯލިހަށް ޓިކެޓު ހޯދަން އުޅެފި ނަމަ ރައްޔިތުން މަގުމަތިވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން މަގުމަތި ވާނެ ރައީސް ސޯލިހަށް އެ ޓިކެޓު ހޯއްދަވައިދޭން އަޅުގަނޑުމެން އެކަކުވެސް އުޅެފިއްޔާ،" ރައީސް ނަޝިދު ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ސޯލިހަށް ޓިކެޓް ލިބިވަޑައިގެންފި ނަމަ އެމްޑީޕީއަށް ލިބެންވާ އެތައް ވޯޓެއް ގެއްލޭނެކަމަށާއި، އެމްޑީޕީއަށް ވެރިކަން ނުހޯދޭނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑުމެން ދިހަ ޕަސެންޓުން ބަލިވެދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެހެންނަމަވެސް މާޒީގައި އެމްޑީޕީން ކުރި ހިތި ތަޖުރިބާ ނުކޮށް ފަސޭހަކަމާ އެކި އެ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ރައީސް ޞާލިހަށް ޓިކެޓް ލިބިގެންކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ދެ ބޭފުޅުން ވެސް ގެންދަވަނީ އެކަކު އަނެކަކަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރަމުންނެވެ. ވާދަވެރި އަދި ފޯރިގަދަ ކެމްޕެއިން ޖަލްސާތަކެއް ރައީސް ސޯލިހާއި ނަޝީދު ވެސް ގެންދަވަނީ ރާއްޖޭގެ އެކި ރަށްތަކުގައި ބާއްވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހު 28 ގަ އެވެ.