ސްޓްރޯކާއި ހާޓްއެޓޭކް ފަދަ ހިތާ ގުޅުން ހުރި ބޮޑެތި ސިއްހީ މައްސަލަތަކަށް ކޮފީ އަކީ ވަރަށް ރަނގަޅު ބުއިކަމެއް އަނެއްކާ ވެސް ދިރާސާއެއްގައި ބުނެފި އެވެ.
ޔޫރަޕިއަން ސޮސައިޓީ އޮފް ކާޑިއޮލޮޖީން އާއްމުކޮށްފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް މަދުވެގެން ތިން ތަށި ކޮފީ ބޯ ނަމަ އެއީ ސްޓްރޯކާއި ހާޓްއެޓޭކް ފަދަ މައްސަލަތަކުން ފުރާނަ ސަލާމަތްކުރަން އެހީއަކަށްވެ އެވެ.
ދިރާސާގައި ބުނީ ހިތުގެ އެއްވެސް ބައްޔެއް ނެތް މީހުން ދުވާލަކު 0.5 ނުވަތަ ތިން ތަށި ކޮފީ ބޯ ނަމަ އެ ނޫން މީހުންނާ އަޅާބަލާއިރު ހާޓްއެޓޭކާއި ސްޓްރޯކް ޖެހުމާ އެކު ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ކޮންޓްރޯލް މިންވަރެއްގެ ދަށުން ކޮންމެ ދުވަހަކު ވެސް ކޮފީ ބޯ ނަމަ ޓައިޕް 2 ޑައިބިޓީޒް އާއި ޕްރޮސްޓޭޓް ކެންސަރާއި ހަނދާންނެތޭ ބައްޔާއި ގޮހޮރުގެ ބަލިތަކުގެ އިތުރުން ބުރަކަށީގައި ރިއްސުން ފަދަ ކަންކަމުން ވެސް ރައްކާތެރިކޮށްދެ އެވެ.
ކޮފީއާ ގުޅޭ ގޮތުން ކުރިން ހަދާފައިވާ ގިނަ ދިރާސާތަކުގައި އިރުޝާދު ދީފައިވާ ގޮތުގައި ދުވާލަކު ހަ ތަށި ކޮފީ އަށް ވުރެ އިތުރު ނުކުރަން ލަފާ ދީފައިވެ އެވެ. އަދި ދުވާލަކަށް ތިން ތަށި ކޮފީ އަކީ ޖުމްލަކޮށް މުޅި ސިއްހަތަށް ބަލާ އިރު، އެންމެ ރަނގަޅު މިންވަރު ކަމަށް ބުނެފައިވެ އެވެ.
ދިވެހި ރާއްޖެ މިހާރު މިއޮތް ޙާލަތުގައި މިކަހަލަ ރިޔާސީ އަދި ބަރުލަމާނީ ވެރިކަމެއްވެސް ކަމަކުނުދޭ ؛ މިރާއްޖެއަށް މިހާރު ކަމުދާނީ މިލިޓަރީ ވެރިކަމެއް. މިކަން އެންމެބޮޑަށް ޙިއްސާ ކުރާނީ ރާއްޖެތެރޭ ރައްޔިތުން .