މި ހަފްތާގެ ހުކުރު މަލާފަތުގެ ބައިގައި މި ގެނެސްދެނީ ސީފުޑްގެ ބާވަތްތަކަށް ލޯބިކުރާ ފަރާތްތަކަށް ކަމުދާނެ ކެއުމެކެވެ. ހުކުރު ދުވަހުގެ މެންދުރު ކެއުމަށް މި ކެއުން ހަދާލަން ރަނގަޅުވާނެ އެވެ.

ބޭނުންވާ ތަކެތި

  • 3 ސަމުސާ ބަޓަރ
  • 3 ލޮނުމެދު (ކުދިކޮށް ކޮށާފަ)
  • 1 ޖޯޑު ސްރިމްޕް
  • 1 ސައިސަމުސާ ލޮނު
  • 1 ސައިސަމުސާ އަސޭމިރުސް
  • 1 ސަމުސާ ތެޅި މިރުސް
  • 2 ސަމުސާ ލުނބޯ ހުތް
  • ¼ ޖޯޑު ޕާސްލީ
  • 1 ޕެކެޓް ސްޕެގެޓީ

ތައްޔާރު ކުރާނެ ގޮަތް

  1. ސްޕެގެޓީ ޕެކެޓުގައިވާ ގޮތުގެ މަތިން ސްޕެގެޓީކޮޅު މަޑުކޮށް ފުރާނާލައި އެއްފަރާތް ކުރާށެވެ.
  2. ތަވާ އުދުން މައްޗަށް އުދާފައި ބަޓަރުކޮޅު އަޅާށެވެ. ބަޓަރު ކޮޅު ހޫނުވުމުން ލޮނުމެދުކޮޅު އަޅާށެވެ. އެއަށްފަހު ޝްރިމްޕް ކޮޅާއި އަސޭމިރުސް، ލޮނު އަޅާ އެއްކޮށްލާށެވެ.
  3. އެއަށްފަހު ލުނބޯހުތް ތެޅިމިރުސް އަދި ޕާސްލީ އަޅާ އެއްކޮށްލާށެވެ.
  4. އަދި އޭގެތެރެއަށް ސްޕްގެޓީ އަޅާ އެއްކޮށްލާށެވެ.

މިހާހިސާބުން މިއޮތީ ގާލިކް ޝްރިމްޕް ސްޕެގެޓީ ތައްޔާރު ކުރެވިފަ އެވެ. އާއިލާ އެއްކޮށް މި ކެއުމަށް އިންސާފު ކޮށްލަން ރަނގަޅުވާނެ އެވެ.