ޗޮކްލެޓަކީ އަހަރުމެން އެންމެންނަށްވެސް ކަމުދާ ނަމަވެސް ސިއްހަތަށް ގެއްލުްހުރި އެއްޗެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އެއްޗެކެވެ. އެހެން ނަމަވެސް ޗޮކްލެޓް ކެއުމަކީ މުޅިން ގޯސް ކަމެއް ނޫނެވެ.
ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓް އެކުލެވިގެންވޭ
ޗޮކްލެޓަކީ އޭގައި ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓް އެކުލެވިގެންވާ އެއްޗެކެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ދުރުކޮށްދީ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރި ކޮށްދެ އެވެ.
ކޮލޮސްޓްރޯލް ދަށް ކޮށްދޭ
ސައިންޓިސްޓުންތަކެއް ވަރަށް ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ޑާކް ޗޮކްލެޓް ކެއުމަކީ އެލްޑީއެލް ކޮލޮސްޓްރޯލް ދަށް ކޮށްދޭ ކަމެކެވެ. އެހެންކަމުން ކޮލޮސްޓްރޯލް މަތި ވެދާނެތީ ޗޮކްލޮޓް ނުކައި ހުންނާނެ ކަމެއް ނެތެވެ.
ލޭގެ ޕްރެޝަރު ދަށް ކޮށްދޭ
އެމެރިކަން މެޑިކަލް އެސޯސިއޭޝަނުން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުން ޑާކް ޗޮކްލެޓް ކެއުމުން ލޭގެ ޕްރެޝަރު ދަށް ކޮށްދެ އެވެ. އެހެންކަމުން ލޭ މަައްޗަށް ދާ މީހުންނަށް ވެސް ޗޮކްލެޓަކީ ވަރަށް ރަނގަޅު އެއްޗެއްކަން ޔަގީނެވެ.
މޫޑް ރަނގަޅު ކޮށްދޭ
ޗޮކްލެޓްގައި ހިމެނޭ މާއްދާއެއް ކަމަށްވާ ޓްރިޕްޓޯފަންގެ ސަބަބުން ޑިޕްރެޝަން ހުންނަ މީހުންނަށް ފަރުވާ ލިއްބައިދެ އެވެ. ހިތްހަމަޖެހުން ލިއްބައިދެ އެވެ. އަދި ހަމަ އެހެންމެ މޫޑް ރަނގަޅު ކޮށްދިނުމުގައި ވެސް އެހީތެެރިވެދެ އެވެ.