ކަސްރަތު ކުރުމަކީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކިހާ މުހިއްމު ކަމެއްކަން މާހިރުން އަބަދުވެސް ވިދާޅުވެ އެވެ. އެހެން ނަމަވެސް ކަސްރަތުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ކުރާނީ ވަކި ގޮތަކަށް އެކަން ކުރެވިގެންނެވެ. އެގޮތުން ކަސްރަތުގެ ކުރިން ރަނގަޅު ނާސްތާއެއް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ދޮންކެޔޮ

ކާބޯހައިޑްރޭޓްސްއިން ފުރިގެންވާ ދޮންކޭލަކީ ނާރާއި މަސްގަނޑުގެ މަސައްކަތް ކުރުމަށް ފަސޭހަކޮށްދޭ ޕޮޓޭސިއަމްވެސް އެކުލެވިގެންވާ މޭވާ އެކެވެ. އެހެންކަމުން ކަސްރަތު ކުރަން ފެށުމުގެ ކުރިން ދޮންކެޔޮ ކެއުމަކީ އެދެވިގެންވާ ކަމެކެވެ.

އޯޓްސް

އޯޓްސްގައި އެކުލެވޭ ކާބޯހައިޑްރޭޓްސްއާއި ފައިބާއިން ކަސްރަތު ކުރާއިރު ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބިދެ އެވެ. ކަސްރަތުކުރުމުގެ 30 މިނެޓް ކުރިން އެއް ޖޯޑް އޯޓްސް ކެއުން ރަނގަޅެވެ.

ބްރައުން ބްރެޑް

ބްރައުން ބްރެޑްގެ އެއް ފޮތީގައިވެސް ވަރަށް ގިނަ ކާބޯހައިޑްރޭޓްސް އެކުލެވިގެންވެ އެވެ. އަދި ރަނގަޅު އަދަދަކަށް ޕްރޮޓީންސް ބޭނުންނަމަ، މި ޕާނާއެކު މާމުއި، ޖޭމު ނުވަތަ ފެނުކެއްކި ބިސް ބޭނުން ކުރާށެވެ. ކަސްރަތު ކުރުމުގެ 45 މިނެޓް ކުރިން މިކެއުން ކެއުން ރަނގަޅުވާނެ އެވެ.

ގްރީކް ޔޯގަޓް

ގްރީކް ޔޯގަޓްއަކީ ހައި ކޮލިޓީ ޕްރޮޓީން ހިމެނިގެންވާ އެއްޗެކެވެ. މި ޕްރޮޓީންގެ ސަބަބުން ހަށިގަނޑަށް ހަކަތަ ލިއްބައިދީ ކަސްރަތު ސެޝަންގެ ސަބަބުން ވަރުބަލިވުން ދުުރުކޮށްދެ އެވެ.