ރިއަލިޓީ ޝޯ "ބިގްބޮސް 16" ކާމިޔާބުކުރި އަދި ކޮމަލިކާގެ ރޯލުން މަގުބޫލުކަން ހޯދި ޓީވީ ބަތަލާ އުރްވަޝީ ދޮލާކިއާ ކާރު އެކްސިޑެންޓް ވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ 43 އަހަރުގެ ބަތަލާ އުރްވަޝީ ޝޫޓިންއަކަށް ކާރުގައި ދަނިކޮށް، ފަހަތުން އައި ސްކޫލް ބަހެއް އެ ކާރުގައި ޖެހިގެން ކަމަށެވެ. އަދި ކާރު ދުއްވަން އިނީ އޭނަގެ ޑްރައިވަރަވެ.

ބަސް ކޮންޓްރޯލް ނުވެ ކާރުގައި ޖެހި ފަހަތުކޮޅަށް ގެއްލުންތަކެއް ލިބުނު ނަމަވެސް ކޮމޮލިކާ އާއި ޑްރައިވަރަށް އެއްވެސް ގެއްލުމެއް ނުވެ އެވެ. އަދި މި ހާދިސާ މާބޮޑު ކަމަކަށް ނަހަދައި، މައްސަލަ ފުލުހުންނަށް ވެސް ކޮމޮލިކާ ރިޕޯޓެއް ނުކުރެ އެވެ.

އުރްވަޝީ އަކީ ބިގް ބޮސްގެ ހަ ވަނަ ސީޒަން ކާމިޔާބުކުރުމުގެ އިތުރުން ސްޓާ ޕްލަސްއިން ދެއްކި ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" އިން ކޮމަލިކާ ރޯލު ކުޅެގެން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. އަދި ނުބައި ބައި ރޯލުތައް ވަރަށް ފުރިހަމައަށް އަދާކުރާ ބަތަލާއެކެވެ.

ދާދި ފަހުން އޭނާ ފެނިގެން ދިޔައީ "ނާގިން 6" ސިލްސިލާއިންނެވެ.

އޭނާއަކީ ދެ ކުދިންގެ މަންމައެކެވެ. އެއީ ކްޝިތިޖް އާއި ސަގަރް ނަމަކަށް ކިޔާ ދެ ފިރިހެން ކުދިންނެވެ.