ބޮލީވުޑްގެ މަޝްހޫރު ބަތަލާ ވިދްޔާ ބާލަން ވަނީ ގޭގެ ކަރަންޓް ބިލު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ވީޑީއޯއެއް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްގައި ހިއްސާކޮށްފަ އެވެ.

ވިދިޔާ އަކީ އޭނާގެ ކުޅަދާނަ އެކްޓަރެއްގެ އިތުރުން ތަފާތު މަޖާ ވީޑިއޯ އާއި އިބުރަތް ލިބޭ ވީޑިއޯތައް ވެސް އާންމުކުރަމުން އަންނަ ފަންނާނެކެވެ. މިފަދަ ވީޑިއޯތަކަށް އޭނާގެ ފޭނުންނަށް ވަރަށް ބޮޑު ކަމުދެ އެވެ. އަދި އެވީޑިއޯތައް ވައިރަލްވެގެން ދެ އެވެ.

ވިދްޔާ އޭނާގެ ތަފާތު މޫޑުތައް ދައްކުވައިދޭ މަޖާ ވީޑިއޯތައް އިންސްޓަގްރާމަށް ވަރަށް ގިނައިން އަޕްލޯޑް ކުރެ އެވެ. މެސެޖަކާއެކު އަނެއްކާވެސް މަޖާ އެހެން ވީޑިއޯއަކާއެކު އެނބުރި އައެވެ.

ދާދި ފަހުން އޭނާ ވަނީ އިންސްޓަގްރާމްގައި ކަރަންޓް ބިލުން ފައިސާ ރައްކާކުރާ ގޮތް ކިޔައިދޭ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. ވީޑިއޯ ފެށެނީ ޕަންޖާބީ ބަހުން މީހަކު އޭނާގެ ކަރަންޓު ބިލަކީ އެންމެ 5000 ރުޕީސް އަދި އޭނާގެ 35،000 ރުޕީސް އަކީ ކީއްވެތޯ ސުވާލު ކުރުމުންނެވެ. އޭނާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ކުރިން އޭނާ ބިލް ބަލާލަ އެވެ.

ވިދްޔާ އަންނަނީ ތަފާތު އެކި އެކި މިފަދަ ކަންކަމަށް ބިނާކޮން ތަފާތު ވީޑީއޯތަށް ނެރެމުންނެވެ. އޭނާގެ ހެއްވާ މަޖާ މިފަދަ ވީޑިއޯ ތަކަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާ ވީޑިއޯ ތަކެކެވެ.

ނެޝަނަލް އެވޯޑް ހޯދާފައިވާ ވިދިޔާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ މާޗް މަހު އެމެޒަން ޕްރައިމް އިން ޕްރިމިއާކުރި "ޖަލްސާ" އެވެ. ވިދިޔާ ފާހަގަ ކޮށްލެވެނީ އަންހެނުން ބާރުވެރިކުރުމާ ގުޅޭ ގޮތުން ތައްޔާރުކުރާ ފިލްމުތަކުންނެވެ.