މިސްކިތަކަށް ދިޔަ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބިދޭސީއެކެވެ. އަދި އޭނާ ހައްޔަރުކުރީ މައްޗަންގޮޅީގައި ހުރި މިސްކިތަކަށް ދިޔަ އުމުރުން 10 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުންނެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

އެ މީހާ ހައްޔަރުކުރީ، ޗާންދަނީ މަގުގައި ހުންނަ ޖަލާލުއްދީން މިސްކިތަށް ނަމާދަށް ދާ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ އެވެ.

މިސްކިތުގައި ހުއްޓައި އެ ކުއްޖާއަށް ޖިންސީ ގުނަވަން ދެއްކުމުން، މިސްކިތުގައި ހުރި އެހެން ކުއްޖަކަށް އެ މަންޒަރު ފެނި، އެކަން އެހެން މީހުންގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ.

އެއާއެކު މިސްކިތުގައި ތިބި މީހުން ވަނީ ބިދޭސީ މީހުން ހިފަހައްޓައި، އެކަން ރިޕޯޓުކޮށްފަ އެވެ. އޭނާ އަކީ މިސްކިތުގައި މަސައްކަތް ކުރާ މީހެއް ކަމަށްވެ އެވެ.