މިއަދުގެ ހުކުރު މަލާފަތުގައި މި ގެނެސްދެނީ މަދު ބާވަތްތަކަކުން ތައްޔާރު ކޮށްލެވޭ ހަދަން ފަސޭހަ ކެއުމެކެވެ. އަޖުމަ ބަލާލުން ކިހިނެއް ހެއްޔެވެ؟
ބޭނުންވާ ތަކެތި
- 80 ގްރާމް ހިކި މޭބިސްކަދުރު (ތެލުލާފައި)
- 70 ގްރާމް ކަޝޫ ނަޓް (ތެލުލާފައި)
- 2 ބޮޑު ފިޔާ (ތެލުލާފައި)
- 1 ފިޔާ (ކޮށާފައި)
- 2 ޖޯޑު ހަނޑޫ
- ލޮނު
- ތެޔޮ
- ރާނބާފަތް
ތައްޔާރު ކުރާނެގޮތް:
- ފިޔާކޮޅު ތެލުލާފައި ކުޑަކޮށް ރަތްވެލީމާ ހަނޑޫކޮޅާއި ރާނބާފަތް އަޅާފައި ހަނޑޫ މުރަނަ ވަންދެން ހަނާ ކޮށްލާށެވެ.
- އެއަށް ފަހު ހަނޑޫގަނޑުގެ މަތިން އެއް އިންޗި ހުންނަ ވަރަށް ފެން އެޅާށެވެ.
- .ދެން ލޮނު ހެޔޮރުވަރުކޮށްފައި ކައްކާށެވެ.
- އރަނގަޅަށް މަތިން ހިނދުމުން ކަޖޝޫނަޓް އަދި ތެލުލާފައި ހުރި ފިޔަ އާއި މޭބިސްކަދުރު އެއްކޮށްލާށެވެ.
އީފާސް މެދުވެރިކޮށް ތާއީދު ހޯދާ މައްސަލަ ބަލައެއް ނުގަތް
ޑައިރެކްޓަރު ރޯހިތުގެ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
މެއި/ޖޫން ގައި އޭލެވެލް ހަދަން ފުރުސަތު ދޭން ނިންމައިފި