ވޮޝިންޓަން (15 ފެބްރުއަރީ) ހަނގުރާމަވެރި ޖަމާއަތެއް ކަަމަށްވާ ހޫތީންނަށް އީރާނުން ފޮނުވަން މަސައްކަތްކުރި ހަތިޔާރުތައް ޔޫކްރެއިންއަށް ފޮނުވަން އެމެރިކާއިން ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވަނީ އެމެރިކާއިން ފޮނުވަން ވިސްނާ ޝިޕްމަންޓްގެ ތެރޭގައި 5000 އެސޯލްޓް ރައިފްލްއާއި އެންޓި ޓޭންކް މިސައިލްތައް ވެސް ހިމެނޭ ކަމަށެވެ.

މި ހަތިޔާރުތަކަކީ އީރާނުން މިދިޔަ މަހު ކަނޑުމަގުން ހޫތީންނަށް ފޮނުވަނިކޮށް އެމެރިކާއިން ހިފެހެއްޓި ހަތިޔާރު ތަކެކެވެ.

އެމެރިކާއިން ގަބޫލުކުރާ ގޮތުގައި މި ދަނޑިވަޅުގައި އެ ހަތިޔާރުތަކުގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވަނީ ޔޫކްރެއިންއަށް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ

އެހެން ނަމަވެސް މިކަމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ގާނޫނީ ކަންކަން ކަމަށާއި އދގެ ހަތިޔާރާ ބެހޭ އެއްބަސްވުން ބުނާ ގޮތުން އެގޮތަށް ހިފަހައްޓާ ހަތިޔާރު އެގައުމަކުން ނައްތާލަންޖެހޭ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ

ރަޝިއާއިން ޔޫކްރެއިންއަށް ދޭ ހަމަލާތައް ވަރުގަދަ ކުރަމުން ދާއިރު ޔޫކްރެއިންއަން އަންނަނީ ބައިނަލްއަގްވާމީ ހަތިޔާރުގެ އެހީއަށް އެދެމުންނެވެ. -- އަލް އަރަބިއްޔާ