ކަސްރަތު ކުރުމަކީ ހަށިގަނޑު ރަނގަޅު ބައްޓަމެއްގައި ބެހެއްޓުމަށާއި ބައެއް ބަލިތަކުން ދިފާއުވުމަށް ކުރާ ކަމެއްކަން އެންމެންނަށް ވެސް އެނގެ އެވެ.
އެހެންނަމަވެސް ކަސްރަތު ކުރުމުގެ ސަބަބުން އިތުރު ފައިދާތަކެއްވެސް ހަށިގަނޑަށް ލިބޭކަން އެނގެނީ މަދު ބަޔަކަށެވެ. އެގޮތުން ވިސްނުން ރަނގަޅުވުން ފަދަ ނަފްސާނީ އެތައް ފައިދާއެއްވެސް ލިބެ އެވެ.
ކަސްރަތު ކުރުމުގެ ސަބަބުން ސީދާގޮތުންނާާއި ނުސީދާގޮތުން ވިސްނުން ރަނގަޅު ކުރުމަށް އެހީތެރިވެދެ އެވެ. މިގޮތުން ކަސްރަތު ކުުރުމުގެ ސަބަބުން އިންސުލިން ރެސިސްޓެންސްއާއި އިންފްލެމޭޝަން ދައްކޮށްދެ އެވެ.
ނަތީޖާއެއްގެ ގޮތުން އުފެދޭ ގްރޯތު ފެކްޓާގެ ސަބަބުން ސިކުނޑީގައި އާސެލްތައް އުފެދުމަށާއި ހަލާކުވެފައިވާ ސެލްތަށް ސިކުނޑިން ބޭރުކޮށް، ސިކުނޑިއަށް ލޭދައުރު ކުރާ ލޭހޮޅި މަރާމާތު ކުރުމަށް އެހީތެރިވެދެ އެެވެ.
މީގެ އިތުރުން ކަސްރަތު ކުރުމުގެ ސަބަބުން ތިމާގެ ނިދުމުގެ އާދައާއި މިޒާޖަށްވެސް ބަދަލުތަކެއް އާދެއެވެ. ކަސްރަތު ބަރާބަރަށް ކުރުމުގެ ސަބަބުން ނިދުމުގެ އާދަ އެއްގޮތެއްގައި ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން ވިސްނުމުގެ ބާރު ރަނގަޅުކޮށްދެ އެވެ.
ހަމައެއާއެކު ޑިޕްރެޝަންއާއި އެންޒައިޓީ ފަދަ ކަންކަމަކީ ވެސް ކަސްރަތުން ކުޑަ ކުރެވޭނެ ކަންކަން ކަމަށް މާހިރުން ވިދާޅުވެ އެވެ.
މިކަމަށް ބާރުދޭ ދިރާސާތަކެއްވެސް ކުރެވިފައި އެބަހުއްޓެވެ. މިގޮތުން ހާވާރޑްގައި ނިއުރޯބައޮލޯޖިސްޓެއްކަމަށްވާ ސްކޮޓް ތިން އަހަރުި ދުވަހު އެކި އުމުރު ފުރައިގެ މީހުން ބޭނުންކޮށްގެން ހެދި ދިރާސާއެއްގައި ވާގޮތުން ޤަވާއިދުން ކަސްރަތު ކުރާ މީހުންގެ އިންޓެލިޖެންސް ކޯޝަންޓް މައްޗެވެ.