މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ހަބަރެއް ނުވެގެން ހޯދަމުންދާ ސ. މަރަދޫ ފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް ފެނިއްޖެ އެވެ.
އާސިރު ފެނިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ.
ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ އާސިރު ހޯދުމަށް ފުލުހުން ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާ ކުރައްވާ ކަމަށާ، މިހާރު އާސިރު ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލުވެސް ރަނގަޅު ކަމަށް އިމްރާން ވިދާޅުވި އެވެ.
އާސިރު 31، އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އޭނާ ހޯދަން މާލޭގެ އެކި ސަރަހައްދުތަކާއި ވީއައިއޭގެ ޓީއެމްއޭގެ ކެމެރާތައް އަދި އެއާޕޯޓް ފެރީ ހުންނަ ސަރަހައްދުގައި ހުރި ހުރިހާ ކެމެރާތަކުން 150 ގަޑިއިރުގެ ފުޓޭޖް ބަލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފައިވެ އެވެ.
ގިނަ އަދަދެއްގެ މުދަލާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަޑިއަށް
ބްރެޑް އަނެއްކާ ވެސް އެންޖެލީނާއަށް ދައުވާ ކޮށްފި
މެޗު ވިއްކަން އެއްބަސްވި 17 ރެފްރީއަކު ހައްޔަރުކުރަނީ
