މާލޭގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި އެމީހުން މާލެއިން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އެމީހުން ހައްޔަރުކުރީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

އެގޮތުން ފުލުހުން ހިންގި އޮޕަރޭޝަނުގައި ހަށިވިއްކާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ރޯޅި ގެސްޓްހައުސް ބަލައި ފާސްކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި، 43 އަހަރުގެ ބިދޭސީ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނެއްގެ އިތުރުން 36 އަހަރުގެ ބިދޭސީ އަންހެނެކެވެ.

ފުލުހުން ބުނީ، މި މީހުންގެ ތެރެއިން ދިވެހި ފިރިހެނަކާއި ބިދޭސީ އަންހެން މީހާ ހައްޔަރުކުރީ ޖިންސީ ގުޅުން ހިންގަމުން ދަނިކޮށް ކަމަށެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ގެންދާނެކަމަށް ފުލުހުން ބުނެފައިވެ އެވެ.