މާލޭގައި ހަށިވިއްކާކަމުގެ ތުހުމަތުގައި އިއްޔެ ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން ދިވެހި މީހާ ދޫކޮށްލައިފި އެވެ.
ހަށިވިއްކާ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދިވެހި މީހާ ދޫކޮށްލާ ހައްޔަރުކުރި ތިން ބިދޭސީންނަށް ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން މިއަދު ވަނީ ޖަހައިފަ އެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 43 އަހަރުގެ ދިވެހި ފިރިހެން މީހާ ޝަރުތުތަކަކާ އެކު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.
އަދި މި މައްސަލައިގައި ހައްޔަރުކުރި 43 އަހަރުގެ ބިދޭސީ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށާ ބިދޭސީ ދެ އަންހެނުންގެ ބަންދަށް އެއް ދުވަސް ޖަހާފައިވާ ކަމަށެވެ.
ފުލުހުން ހިންގި އޮޕަރޭޝަނުގައި ހަށިވިއްކާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ރޯޅި ގެސްޓްހައުސް ބަލައި ފާސްކޮށް، ހަތަރު މީހަކު ހައްޔަރު ކުރިއެވެ. ފުލުހުން ބުނީ، މި މީހުންގެ ތެރެއިން ދިވެހި ފިރިހެނަކާއި ބިދޭސީ އަންހެން މީހާ ހައްޔަރުކުރީ ޖިންސީ ގުޅުން ހިންގަމުން ދަނިކޮށް ކަމަށެވެ.
ރަންވީރުގެ ކުރިން ބޮލީވުޑްގެ ބޮޑެތި ފިލްމުތަކުން ވަކިވި ތަރިން!
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ ވެކްސިން ޕްރޮގްރާމެއް
ކޭވްގައި ދެ މައިންގެ މަރުވީ އޮކްސިޖަން ނުލިބިގެން
