މަޝްހޫރުކަން ލިބިފައިވާ ސްޓާރުންގެ ދަރިންގެ ބަދުއަހުލާގީ ވާހަކަތަކަކީ ފަހަކަށް އައިސް ވަރަށް ގިނައިން ނޫސްތަކުގެ ފަލަ ސުރުހީގައި ދެކެވޭ ވާހަކަތަކެވެ.

އޭގެ ލިސްޓުގައި މަޝްހޫރު އަދި ކާމިޔާބު ދެ ތަރިންކަމުގައިވާ އަޖޭ ދޭވްގަން އާއި ކާޖަލްގެ އަންހެން ދަރިފުޅު ނައިސާގެ ވާހަކަތަކަކީވެސް ފަހަކަށް އައިސް ސޯޝަލްމީޑިއާތަކުގަ އާއި ނޫސްތަކުގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކަ އެވެ.

ނައިސާއަށް ގިނަ ބައެއްގެ ލޯތްބާއި ސަޕޯޓު ލިބުނު ނަމަވެސް އޭނާ ހުންނަ ގޮތާއި، އޭނާގެ އަމަލުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުން އޭނާއަށް ވަރަށް ބޮޑަށް މަލާމާތްކޮށް، ފާޑުކިޔާފައި ހުރެ އެވެ.

އެގޮތުން ނައިސާ ކްލަބް ތަކުގައި ޕާޓީކުރާ ތަނާއި މަސްތުގެ ހާލަތުގައި އެތައް ފަހަރަކު އާންމުންނަށް މަގުމަތިން ފެނިފައިވާކަމަށް ނޫސްތަކުގައާ، ސޯޝަލްމީޑިއާގައި ވާހަކަ ދެކެވިފައިވެ އެވެ.

ހަމައެހެންމެ ދާދި ފަހުން އާންމުންނާއި މުހާތަބުކޮށް ނައިސާ ވާހަކަދެއްކި އިރު، ހިންދީ ބަހުން އޭނާއަށް ފުރިހަމަ ކަމާއެކު ވާހަކަ ނުދެއްކުމުން އާންމުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ނައިސާގެ ހަންގަނޑު ކުއްލިއަކަށް އަލިވުމުންވެސް ގިނަ ބަޔަކު އޭނާއަށް ފާޑުކިޔާފައިވެ އެވެ.