ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އިން ގޮތެއް ނިންމުމަށް އެ ޕާޓީގެ ކޮންގްރެސް އަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ފަށައިފި އެވެ.
ދަރުބާރު ގޭގައި މިހާރު ކުރިއަށް ދާ އެޕާޓިގެ ހަތަރު ވަނަ ކޮންގްރެސް އަށް ޖުމްހޫރީ ޕާޓީ އިން ރިޔާސީ އިންތިހާބުގައި ވާދަކުރުން ނުވަތަ އެ ޕާޓީ އިސްވެ އޮވެ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ނިކުތުމަށް އެދި ގަރާރު ހުށާހަޅާފައި ވަނީ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހްމަދު އެވެ.
ޖޭޕީގެ ކޮންގްރެސްގައި މިހާރު ކުރިއަށް ދަނީ ހެނދުނު ދަންފަޅީ ފެށި އިންތިހާބު ކުރަން ޖެހޭ މަގާމުތަކުގެ ވޯޓު ގުނުމުގެ މަސައްކަތެވެ. އެހެން ނަމަވެސް މި ގަރާރަށް ބަހުސް ކުރުމާސް ވޯޓު ގުނުން ވަނީ ފަސް ކޮށްފައި އެވެ.
ޖޭޕީ އިން ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރާ ނީތޯ ނުވަތަ ޖޭޕީ އިސްވެ އޮވެ އެހެން ޕާޓީތަކާއި އެކު ރިޔާސީ އިންތިހާބަށް ނިކުތުމަށް ކޮންގްރެސް އަށް ހުށަހަޅަފައި ވާއިރު، ރައީސޯލިހު ވަނީ މިހާރު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއެކު ކުރިއާށް އޮތް ރިޔާސީ އިންތިހާބުގައި ނިކުތުމަށް ޝައުގުވެރިކަން ފާޅުކޮށްފައި އެވެ.
ރައީސްގެ މި އެދިލެއްވުމަށް އަދި އިޖާބަދީ ރައީސްއާއެކު ނިކުތުމަށް ނިންމާފައިވަނީ އަދާލަތު ޕާޓީ އިންނެވެ.
ޖުމްހޫރީ ޕާޓީ އިން މީގެ ކުރިން ވެސް ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ވާދަކުރަމުން އައީ ފުރަތަމަ ބުރުގައި އެކަނި ނިކުމެ އެވެ. އެހެން ނަމަވެސް ކޮންމެ އިންތިހާބެއްގައި ވެސް ދެ ވަނަ ބުރުގައި ޕާޓީތަކާއެކު ކޯލިޝަން ހަދަ އެވެ.
ޖޭޕީގެ މިފަހަރުގެ ވިސްނުންވެސް ހުރީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކަނި ނިކުތުމަށެވެ.
ޖޭޕީގެ މަގާމުތަކަށް ވާދަ ކުރާ މެމްބަރުންގެ ވޯޓު ގުނުން ފަސްކޮށޤ ގަރާރަށް ބަހުސް ފަށާފައިވާއިރު މިއަދު ވަނީ އިންތިހާބަކާ ނުލާ ހޮވާ ބޭފުޅުންގެ ނަންތައް އިއުލާން ކޮށްފައި އެވެ. އެގޮތުން ޖޭޕީގެ ލީޑަރުގެ މަގާމަށް ގާއިސް ވަނީ އިންތިހާބު ވެފައި އެވެ. އަދި މިއަދު ވަނީ ޖޭޕީގެ މަގާމުތަކަށް އިންތިހާބަކާ ނުލާ ހޮވޭ ބޭފުޅުންގެ ނަންތައްވެސް އިއުލާން ކޮށްފައި އެވެ. އެގޮތުން ޒުވާނުންގެ ލީގުގެ ރައީސްގެ މަގާމަށް ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން ރަޝީދު ނ. ވެލިދޫ، ޒުވާނުންގެ ލީގުގެ ނައިބު ރައީސްކަމުގެ މަގާމަށް ޝުއައިބު ޝިފާޒް ޝަރީފް، ކ. މާލެ އަދި އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ މަގާމަށް އައިޝަތު ޝޫޒާ އަހުމަދު ވަނީ އިންތިހާބުކޮށްފަ އެވެ.