މާލެ އިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަނީ ސ. ހުޅުދޫ، ސަަނީ ލޮޖް، އަލީ އާރިފް, 31, އެވެ.
އޭނާގެ ހަބަރެއް ނުވާތީ އޭނާ ގެއްލިގެން ފުލުހަށް ރިޕޯޓްކޮށްފައި ވަނީ މީގެ ދެ ހަފްތާ ކުރިންނެވެ.
އޭނާއަކީ ކަންނެލި މަސްވެރިކަން ކުރާ މީހެކެވެ. އަދި އާއިލާ އަށް އެންމެ ފަހުން އޭނާގެ ހަބަރެއްވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ.
ފުލުހުން ބުނީ އާރިފް ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
އަލީ އާރިފް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ފެބުރުއަރީ 16 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އެންމެ ފަހުން އާއިލާއަށް ހަބަރުވެފައި ވަނީ 2022 ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށާއި އޭނާއަކީ ކަންނެލި މަސްވެރިކަމަށް ގޮސް އުޅޭ މީހެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.
އުމްރާއަށް ފަހު ރާއްޖެ އައި ދިވެއްސަކު ކުއްލިގޮތަކަށް ނިޔާވެއްޖެ
ކުޅުދުއްފުށީގައި ކުއްލިގޮތަކަށް ކުއްޖަކު މަރުވެއްޖެ
ދިރާގުން ދޭ ފުރުތަމަ ސްޕީޑްބޯޓް ހޮވުމުގެ އިވެންޓްގައި ޑީޖޭ މީކާ

މީހުންނަކީ ތިނޯހަށްވެއްޖެ އިރު އިރު ކޮޅާ ކުޑަކަމުން ގެްލިގެން ހޯދަން މިޖެހެނީ!