މަޝްހޫރު ތަރި ވިދްޔާ ބާލަން އަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ތަރިއެކެވެ.

އެކްޓިންގެ ހުނަރުން ގިނަ ބައެއްގެ ލޯބި ވިދްޔާ ހޯދާފައިވާއިރު، އޭނާގެ އެކި މައުލޫމާތުތައް ފޭނުން އަބަދުވެސް ބަލައި އޮޅުން ފިލުވަ އެވެ.

އެގޮތުން ވިދްޔާއަށް އެންމެ ކަމުދާ ކަންކަމާއި ގުޅޭ ގޮތުން ފޭނުން ސުވާލުކޮށްފައިވާއިރު، އެ ސުވާލަށް ޖަވާބުދެމުން ވިދްޔާ ވަނީ އޭނާ ވަރަށް ކުރާހިތްވާ އެއް ކަމެއްގެ ވާހަކަ އާންމުންނާއި ހިއްސާކޮށްފަ އެވެ. ވިދްޔާ ބުނިގޮތުގައި އޭނާ އަކީ ސާޅިއަށް ވަރަށް ލޯބިކުރާ މީހެކެވެ.

ވިދްޔާ ބުނިގޮތުގައި ސާޅިއަށް ލޯބިކުރާވަރު ބޮޑުކަމުން، އޭނާ އަތުގައި އެކި ވައްތަރުން، 800 އަށްވުރެ ގިނަ ސާޅި އޮވެ އެވެ. އަދި އެއީ އޭނާގެ ނުހުއްޓޭނެ އާދައެއްކަމަށް ވެސް ވިދްޔާ ބުނެފައިވެ އެވެ.

ވިދްޔާ އަކީ އޭނާގެ ރީތިކަމަށްޓަކައި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ތަރިއެކެވެ.

ވިދްޔާގެ ފިލްމުތަކުގެ ތެރެއިން އާންމުންނަށް އެންމެ ބޮޑަށް ކަމުދިޔައީ އޭނާ ކުޅުނު "ޑާޓީ ޕިކްޗާ" އެވެ.