ހަކުރު ބައްޔަކީ އަހަރެމެންގެ ތެރޭގައި ވަރަށް އާއްމު ބައްޔެކެވެ. އެއީ އެތައް ބަޔަކު ފަރުވާކުރަމުން އަންނަ ބައްޔެކެވެ. ޑޮކްޓަރީ ބޭހާއި ދިވެހި ބޭހެވެ. ތަފާތު އާޔުރްވެދިކް އަދި ހާބަލް ބޭސްތަކެވެ.
މިފަހަރު މިއޮތީ އަހަރެމެންނަށް ވަރަށް އާއްމުކޮށް ބޭނުންކުރެވޭ އެއްޗެއްގެ ވާހަކަ އެވެ. އެއިން ހަކުރު ބަލި ކޮންޓްރޯލް ކޮށްދޭ ގޮތުގެ ވާހަކަ އެވެ. އެއީ ކެފެއިން އެވެ.
ކެފެއިންއަކީ އޭގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ލޭގެ ހަކުރު އެއްވަރެއްގައި ހިފަހައްޓަން އެހީވެދޭ އެއްޗެކެވެ. މި ކަމުގެ ހެއްކަކީ މިފަހުން ހެދި ދިރާސާތަކެވެ.
2014 ވަނަ އަހަރު 48،000 މީހުންގެ މެދުގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި ހަތަރު އަހަރުގެ ތެރޭގައި ކެފެއިން އެކުލެވޭ ބުއިންތައް ބޯ މިންވަރު އިތުރު ކުރި މީހުންނަށް، އެ ނޫން މީހުންނަށް ވުރެ ޓައިޕް ބީ ޑައިބެޓީސް ޖެހުމުގެ ފުރުސަތު 11 ޕަސެންޓް ކުޑަ އެވެ.
ނަމަވެސް ހަކުރުބަލި މިހާރު ވެސް ޖެހިފައިވާނަމަ ގިނައިން ކެފެއިން ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެއީ ކެފެއިންގެ ސަބަބުން ހަށިގަނޑުގެ ހަކުރު ކޮންޓްރޯލް ކޮށްދޭ އިންސިއުލިންގެ ބާރު ދަށްވެ، ހަކުރު މައްޗަށް ދާނެތީ އެވެ.
އެހެން ކަމުން ހަކުރު ބަލިން ދުރުވުމަށް ކޮފީއަކީ އޮތް ފަރުވާއެކޭ ބުނެވިދާނެ އެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި އޮތް މި އާދައަކީ ދިގު މުއްދަތަކަށް ބަލާއިރު ސިއްހަތަށް ރަނގަޅު އާދައެކޭ ބުނެވިދާނެ އެވެ.
ހަކުރު ކޮންޓްރޯލް ކޮށްދިނުމުގެ އިތުރުން ކެފެއިންއަކީ ބަރުދަން ލުއި ކުރުމަށް ވެސް އެހީވެދޭ މާއްދާއެއް ކަމަށް މާހިރުން ބުނެފައިވެ އެވެ.