ދިވެހިންނަށް ކައިޒީން އަލެއް ނުވާނެ އެވެ. އިންސްޓަގްރާމްގައި އޭނާއަށް ވުރެ މަޝްހޫރު ދިވެހި މޮޑެލްއެއް ހުރިހެން ހިއެއް ނުވެ އެވެ. އެއާއި އެކު ކައިޒީންގެ ކޮންމެ ފިޔަވަޅަކާއި ކުރާ ކޮންމެ ކަމަކަށްވެސް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިގެންދެ އެވެ.

ދިވެހި ރާއްޖޭގެ މަޝްހޫރު އެކި ބްރޭންޑްތަކުގެ އެމްބެސެޑާކަންވެސް އަދާ ކުރާ ކައިޒީން ވަނީ މިދިޔަ އަހަރުގެ ތެރޭގައި އޭނާގެ އިސްތަށިގަނޑު އެއްކޮށް ބްލޮންޑް ކޮށްލާފަ އެވެ. އެއާއި އެކު ސޯޝަލް މީޑިއާ އުތުރި އަރައިގަތީ ކައިޒީން އާއި އެމެރިކާގެ ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާ އާއި ވައްތަރު ކަމަށް ބުނެ އެވެ. އަދި ކައިޒީން އަށް ދިވެހި ކައިލީގެ ލަގަބު ދިން މީހުން ވެސް މަދެއް ނޫނެވެ .

https://www.instagram.com/p/BpZNuODBN9u/

އޭގެ އަހަރެއްހާ ދުވަސް ފަހުން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އޭނާ ވަނީ އަލުން އިސްތަށިގަނޑުގައި ކަޅުކުލަ ޖައްސާފަ އެވެ. އެއާއި އެކު މެދުމިނަކަށް އިސްތަށިގަނޑު ކޮށާވެސްލި އެވެ. މި ލުކް ވެސް އޭނާގެ ފޭނުންނަށް ވަރަށް ކަމުދިޔަ އެވެ. ހަގީގަތަކީ ކައިޒީން ކޮންމެ ލުކެއްގައި ފެނުނަސް އެހާމެ ޗާލުކަމެވެ.

https://www.instagram.com/p/B9Y4R6ng6wa/

މިހާރު ވެގެން މިއުޅޭ ގޮތަކީ ކައިޒީނަށް އޭނާގެ ބްލޮންޑް އިސްތަށިގަނޑު (ރަންކުލައިގެ އިސްތަށިގަނޑު) މަތިން މާބޮޑަށް ހަނދާން ވަނީ އެވެ. ކައިޒީން ވަނީ މިކަން ހާމަކޮށް، އޭރުގެ ފޮޓޯއެއް އިންސްޓަގްރާމް ސްޓޯރީއަށް ވެސް ލާފަ އެވެ.

ދެން އުފެދޭ ސުވާލަކީ ކައިޒީން ދެވަނަ ފަހަރަށް އިސްތަށިގަނޑުގައި ބްލޮންޑް ކުލަ ޖައްސަން އުޅެނީ ބާ އެވެ؟ ވާގޮތެއް ބަލަން ތިބެމާ ދޯ އެވެ.