ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފަންނާނު ސަލްމާން ޚާން ނޭނގޭނެ މީހަކު ނުހުންނާނެ އޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
އޭނާގެ ހުނަރުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާއިރު، ކާމިޔާބު ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދިން އެއް ސުޕަސްޓާރެއްގެ ގޮތުގައި ސަލްމާނު ހިމެނޭކަމީ ޔަގީންކަމެކެވެ.
އެހެންނަމަވެސް މިފަހުން ސަލްމާނު ވަނީ އާންމުންގެ ފާޑުކިޔުންތަކުގެ ޝިކާރައަކަށްވެފަ އެވެ.
ސަލްމާނަށް މަލާމާތާއި ފާޑުކިޔުން އަމާޒުވެފައިވަނީ، އޭނާ އެންމެ ފަހުން ކުޅުނު ފިލްމުކަމަށްވާ "ކިސީކާ ބާއީ ކިސީކީ ޖާން" ފިލްމާ ގުޅިގެންނެވެ. އެގޮތުން ސަލްމާނަކީ މިހާރު ބަތަލެއްގެ ރޯލަށް އެންމެ އެކަށީގެންވާ ތަރިއެއް ނޫން ކަމަށް ގިނަ މީހުން ދަނީ ބުނަމުންނެވެ.
ސަބަބެއްގެ ގޮތުގައި އާންމުން ބުނަމުން ދިޔައީ، ފިލްމާއި ފިލްމުގެ ލަވަތަކުން ސަލްމާނު ފެންނަލެއް "މުސްކުޅި"ކަމަށް ފާހަގަވެގެންނެވެ. ހަމައެހެންމެ ފިލްމުގައި ސަލްމާނުގެ ލޯބިވެރިޔާ އަދި ބަތަލާގެ ރޯލު އަދާކުރާ ތަރި ޕޫޖާ ހެގްދޭއާ، ސަލްމާނުގެ ޖޯޑު ނުގުޅޭ ކަމަށް އާންމުން ދަނީ ބުނަމުންނެވެ. ފިލްމާ ގުޅިގެން އާންމުން ސޯޝަލް މީޑިއާގައި ފާޑުކީނަމަވެސް، ފިލްމުގެ ޕްރޮޑަކްޝަނުން ނުވަތަ ކާސްޓުގެ ފަރާތުން އެއްވެސް ރައްދެއް ދީފައެއް ނުވެ އެވެ.
ސަލްމާނު އޭނާގެ ފިލްމީ ކެރިއަރު ފެށީ 1988 ވަނަ އަހަރު ނެރުނު ފިލްމު "ބީވީ ހޯތޯ އޭސީ" ފިލްމުގައި ސަޕޯޓިން އެކްޓަރެއްގެ ރޯލަކުންނެވެ. އެއަށްފަހު ސަލްމާނުގެ ފިލްމީ ކެރިއަރުގައި ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާއިރު، އޭނާ ފިލްމީ ކެރިއަރުގައި މަސައްކަތް ކުރާތާ މިއަހަރަށް 35 އަހަރު ފުރުނީ އެވެ.
ފިޓްނަސް ޕްލޭންއަށް އޭއައި ބޭނުން ކުރުން: ސަމާލުވާންވީ 5 ކަމެއް!
މޫސުން ގޯސްވެ، އުތުރުގެ އަތޮޅުތަކަށް ހުދު އެލާޓް ނެރެފި
ސްކޭމްގެ މައްސަލައަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފި
