އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މިިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި އިމްރާން ވަނީ "ސިންގާ" އަކީ އެއްގަމުގައި ކިތަންމެ ބާރުގަދަ ޖަނަވާރެއް ކަމަކު ފައިނުފޯރާ ފަށަށް މޫދަށްލާ އިރަށް، ކުޑަ ހިނދުކޮޅަކުން އާރެއް ބާރެއް ނެތި ބޮކި ޖަހާފަ އަޑިއަށް ގެނބިގެންދާނެ ކަމަށް ބުނެފަ އެވެ.

ރޭ ދަންވަރު 1:30 ގައި މި ޓްވީޓް ކުރައްވާފައިވާއިރު، އިމްރާންގެ މި ޓްވީޓަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެގޮތުން މިނިސްޓަރު އިމްރާންގެ ސިކުނޑީގައި އުނިކަމެއް ހުރިކަމަށް ބެލެވޭ ވާހަކަތައް ދައްކާ ކަމަށާއި، "ސިންގާ" އަކީ ފަތަން މޮޅު ޖަނަވާރެއް ކަމުގައި އާންމުން ބުނެފައިވެ އެވެ. މިފަދަ މައުލޫމާތުތައް ވެސް ނޭނގޭ މީހަކު ރާއްޖޭގެ ހޯމް މިނިސްޓަރަކަށް ހުރުމުން ރައްޔިތުން ލަދުގަންނަ ކަމަށް އާންމުން ބުނެފައިވެ އެވެ.

ރާއްޖޭގެ ސިޔާސީ ހާލަތް އޮތްގޮތަށް ބަލައި، ބެލެވޭ ގޮތުގައި މިއީ މިނިސްޓަރު އިމްރާން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވަމުން ކުރެއްވި ޓްވީޓެއް ކަމަށެވެ.

މީގެ ކުރިން ވެސް މިފަދަ ތަރާފު ޓުވީޓްތައް ކުރުމާ ގުޅިގެން މިނިސްޓަރު އިމްރާނަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.