ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސީއެސްއާރު ޓީމުން ހުޅުމާލޭގެ 704 ފްލެޓް ސަރަހައްދުގައި ޕާކެއް ހަދައި ހުޅުވައިފި އެވެ.

މި ޕާކު ހުޅުވައިދެއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. މި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފާއި އެހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތާއެކު އެޗްޑީސީން ވަނީ އެ ސަރަހައްދުގެ ރައްޔިތުންނަށް ތަރާވީހެއް ވެސް ބާއްވާފަ އެވެ.

ހުޅުމާލޭގެ 704 ފްލެޓް ސަރަހައްދުގައި ހެދި ޕާކުގައި އެޗްޑީސީގެ އިސްވެރިންނާއި މެމްބަރު ނިޔާޒް މަޑުކޮށްލައްވައިގެން. ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ރައްޔިތުންނަށް ހިތްގައިމު މާހައުލެއް ގާއިމްކޮށްދިނިމުގެ ގޮތުން އެޗްޑީސީން މި ޕާކު ހަދާފައި ވަނީ 704 ފްލެޓު ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލް ފަހަތުގަ އެވެ.

ދިވެހި ތާރީހު ދައްކުވައިދޭ ތަފާތު ކުރެހުންތަކާއި އެކު ހަދާފައިވާ މި ޕާކުގެ އެންމެ ހާއްސަ ކަމަކީ ކާބަފައިންގެ ޒަމާން ތަޖުރިބާކޮށްލެވޭ ގޮތަށް ހަފާފައިވާ ހޮޅުއައްޓެކެވެ.

މީގެ އިތުރަށް ކުޑަކުދިން ކުޅެން ހާއްސަކޮށްފައި މިނީ ފުޓްސަލް ދަނޑެއް ވެސް ހަދާފައިވެ އެވެ.