އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯ ނެޓް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހާރޫން ރަޝީދު ވަކިކޮށްފި އެވެ.

އެގްރޯމެޓަކީ ދނޑުވެރިކަން ކުރިއަރުވަން ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

ހާރޫން އެމަގާމަށް އައްޔަން ކުރީ 2020 ވަނަ އަހަރެވެ. މަގާމުން ވަކިކުރިކަން އަންގާފައިވާކަން ހާރޫން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

ހާރުން އެމަގާމުން ވަކި ކުރިއިރު އޭނާއަކީ ރައީސް މުހައްމަދު ނަޝީދު އަށް ތާއީދު ކުރައްވާބޭފުޅެކެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައިގެން ރައީސް ނަޝީދު ނާކާމިޔާބު ވެވަޑައިގަތުމުން ވަނީ ވަކި ފެކްޝަނެއް އުފައްދަވާފައި އެވެ. އަދި ރައީސް ނަޝީދަށް ތާއިދު ކިރައްވާ ބޭފުޅުން ސަރުކާރުގެ މަގާމުތަކުން އަންނަނީ ވަކިކުރުމުންނެވެ.

ރައީސް ނަޝީދުއަށް ތާއިދުކޮށް އެމަނިކުފާނުގެ ކެމްޕެއިންގައި އުޅުއްވި އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވެސް އިއްޔެ ވަނީ މަގާމުން ވަކިކޮށްފައި އެވެ.