ބޭނުންވާނެ ތަކެތި
- 2 ބިސް
- 125 ގ. ބަޓަރު
- 1 ޖޯޑު ހަކުރު
- 2 ޖޯޑު ސެލްފް ރައިސިން ފުށް
- 3/2 ޖޯޑު ދިޔާ ކިރު
- 1 ދަޅު ކުރީމް ސޯޑާ
- 80 ގ. ސިނަމޮން ޕައުޑަރު
ތައްުޔާރު ކުރާނެ ގޮތް
- 175 ޑިގްރީއަށް އަވަން ހޫނު ކުރާށެވެ.
- ބިސް، ބަޓަރު އަދި ހަކުރު އެއްކޮށް ރަނގަޅަށް ގިރާލާށެވެ.
- އެއްވުމުން އޭގެ ތެރެއަށް ދިޔާ ކިރު އެޅުމަށް ފަހު ފުށް އަޅައި އިތުރަށް ގިރާށެވެ. ފުށް އެއްކުރަންވާނީ މަދު މަދުން އަޅަމުންނެވެ.
- އެއަށްފަހު ކްރީމް ސޯޑާ އަޅައި ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ރަނގަޅަށް އެއްކުރެވުމުން ސިނަމަން ޕައުޑަރު އަޅައި ގިރާލާށެވެ.
- އެއަށްފަހު އެއްކުރި މިކްސް ޓްރޭއަކަށް ހުސްކުރުމަށްފަހު އަވަނުގައި 35 މިނެޓު ވަންދެން ކޭކް ފިހެލާށެވެ.