ބޭނުންވާ ތަކެތި

  • 3 ޖޯޑު އޯރިއޯ ބިސްކޯދު
  • 8 ސަމުސާ ބަޓަރު (ވިރުވާފައި)
  • 1 ޖޯޑު ވިޕިން ކްރީމް
  • 1/2 ޖޯޑް ޗޮކްލެޓް (ވިރުވާފައި)
  • 3 މޭޒުމަތީ ސަމުސާ ހަކުރު (ހިމުންކޮށް ފުނޑާފައި)
  • 3/4 ޖޯޑު ވިޕިން ކްރީމް
  • 2 ސައި ސަމުސާ ޕައުޑާ ހަކުރު
  • އޯރިއޯ ބިސްކޯދު

ތައްޔާރު ކުރާނެ ގޮތް:

  1. އެންމެ ފުރަތަމަ ދެ ޖޯޑު އޯރިއޯ ބިސްކޯދު މިކްސަރުން ހިމުންކޮށް ފުނޑާލާށެވެ. ދެން ބިސްކޯދުގެ ތެރެއަށް ވިރުވާފައި ހުރި ބަޓަރު އެޅުމަށްފަހު އެއްކޮށްލާށެވެ.
  2. ދެން ކައިިރި ނެއްޓޭ ފަދަ ޓްރޭއެއްގައި ކުކިން ސްޕްރޭ ޖެހުމަށްފަހު އެއް ޖޯޑު ބިސްކޯދު އަޅައި ސަމުސަލަކުން ރަނގަޅަށް އެއްވަރުކޮށް 30 މިނެޓްވަންދެން ފްރިޖްގައި ބަހައްޓާށެވެ.
  3. ދެން ވިޕިން ކްރީމަށް ހަކުރު އެޅުމަށްފަހު މިކްސަރުން އޮލަވަންދެން ގިރާލާށެވެ. އެއަށްފަހު 1/2 ޖޯޑު އޯރިއޯ ކުނޑި އަދި ވިރުވާފައި ހުރި ޗޮކްލެޓް އެޅުމަށް ފަހު ރަނގަޅަށް އެއްކުރާށެވެ.
  4. ޓްރޭ ފްރިޖުން ނަގައި ވިޕިން ކްރީމްގެ ފަށަލައެއް މަތީގައި ފަތުރާލާށެވެ. އަދި ގާނިޝްއަށް އޯރިއޯ ބިސްކޯދެއް ބައިންދާށެވެ.