ގުރައިދޫ ދާއިރާގެ ބައި އިކެލްޝަނަށް 3 ދުވަހަށް ވެފައިވަނިކޮށް މާފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން މިހަފްތާގައި ޓެންޑަރަށް ހުޅުވާލެވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު އޮންނަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީ ކެނޑިޑޭޓް ޝާޒުގެ ކެމްޕެއިންގައި މާފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެބޮޑަށް ކުރިއަރާފައިވާ އެއްރަށަކީ މާފުށި ކަމަށެވެ. އަދި މާފުށީގައި ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، އެގޮތުން މާފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އަމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަންވެސް މިއަހަރުގެ ބަޖެޓުގައި ހިމަނައި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ޓެންޑާއަށް ހުޅުވާލެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން ވެރިކަމަށް އައިއިރު މި ރަށުގެ ސިއްހީ މަރުކަޒުގައި ދެވޭ ހިދުމަތް ވަރަށް މަދު. މިރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ޗުއްޓީ ހޭދަކުރަން އައިސް ތިބޭ ގެސްޓުންގެ އިތުރަށް، ޖަލުގައި އުޅޭ މީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެއަށް ވުރެ ރަނގަޅަށް ހިންގާ ހޮސްޕިޓަލަކަށް ބަދަލުކުރަންޖެހޭ،" މާފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމާގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ.
މިހާރު ވެސް ސިއްހީ މަރުކަޒަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މާފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށްޓަކައި އެތަނުގައި އޮޕަރޭޝަން ތިއޭޓަރެއް ގާއިމުކުރަން ނިންމައި ބަޖެޓު ހަމަޖެއްސުމަށް ޕްލޭނިން މިނިސްޓްރީން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ މާފުށީގައި ހުރި އެހެން ގިނަ މައްސަލަތައް ވެސް ހައްލު ކޮށްދެއްވުމަށް ވައުދުވެ ވަޑައިގެންފަ އެވެ.
އެހެންޕާޓީއަކަށް އެރަށުން ވޯޓުދީފިނަމަ ހޮސްޕިޓާ އަޅާދޭނެބަ ވާހަކަޔާ އމަލުދިމާ ާާނީއޭރުން