ރޯދަމަހަކީ ދުވާލުގެ ވަގުތުތަކުގައި ފެން ބޭނުންކުރާ މަހަކަށް ނުވާތީ ހަށިގަނޑަށް ފެން ލިބޭ މިންވަރު މަދުވުމުން ކުޑަކަމުދާ ނިޒާމަށް މިފަދަ މައްސަލަތައް ދިމާވާ މީހުންނަަށް މިމަހުގައި މިބަލީގެ އުނދަގޫ ދިމާވާލެއް ގިނަވުމަކީ އެކަށީގެންވާ ކަމެކެވެ.

މީގެ އިތުރުން ވެސް ރޯދަ މަހަކީ ކެއިންބުއިމަށް ވެސް ގިނަ ބަދަލުތަކެއް އަންނަ މަހަކަށް ވުމާއެކު ވެސް ކުޑަކަމުދާ ނިޒާމުގެ ބަލިތަައް އިތުރުވެ އެވެ.

އަލާމާތްތައް

  • ކުޑަކަމުދާ އިރު ދިލަނެގުމާއި ތަަދުވުން
  • އުނަގަނޑުގައި ރިއްސުން
  • ދަށްބަނޑުގައި ރިހުން
  • ހުންއައުން
  • މޭނުބައިކުރުމާއި ހޮޑުލެވުން
  • ކުޑަކަމުދާތަކެތީގައި ލޭގެ އަސަރު ހުރުން
  • ކުޑަކަމުދާތަކެތިން ނުބައި ވަސް ދުވުން
  • އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން

ރައްކާތެރިވާނީ ކިހިނެއް

  • ގިނައިން ފެންބުއިން
  • ކުޑަކަމު ނުގޮސް ނުހިފެހެއްޓުން
  • ޖިންސީ ގުނަވަން ސާފުތާހިރުކޮށް ގެންގުޅުން
  • އެތެރެއިން ލާ އަންނައުނު ދޫކުރުން