ބޭނުންވާ ތަކެތި

  • 1 ކުޑަ ފިޔާ (ހިމުންކޮށް ކޮށާފައި)
  • 9 ލޮނުމެދު (ހިމުންކޮށް ކޮށާފައި)
  • 2 ގަނޑު ޗިކެން ބްރެސްޓް (ހަނިދިގަށް ކުދި ކުދި އެތިކޮޅަށް ތުނިކޮށް ކޮށާފައި)
  • 1 މޭޒުމަތީ ސަމުސާ އޮއިސްޓާ ސޯސް
  • 1 މޭޒުމަތީ ސަމުސާ ސޯޔާސޯސް
  • 2 މޭޒުމަތީ ސަމުސާ ޗިލީ ގާލިކް ސޯސް
  • 1 ޖޯޑު ޗިލީ ސޯސް (ނުވަތަ ބޭނުންވާ ވަރަށް ސޯސް)
  • ލޮނު (ރަހަލާވަރަށް)
  • އަސޭމިރުސް (ރަހަލާވަަރަށް)
  • ތެޔޮ

ކުކުޅު މެރިނޭޓް ކުރުމަށް

  • 2 މޭޒުމަތީ ސަމުސާ ސޯޔާސޯސް
  • ލޮނު (ރަހަލާވަރަށް)
  • އަސޭމިރުސް (ރަހަލާވަަރަށް)
  • ޖިންޖާ ގާލިކް ޕޭސްޓް
  • 1 ސަމުސާ ޒުވާރީ ފުށް
  • 1 ސަމުސާ އާދައިގެ ފުށް
  • 1 ބިސް

ތައްޔާރު ކުރާނެ ގޮތް

  1. އެންމެ ފުރަތަމަ ކޮށާފައި ހުރި ކުކުޅު ކޮޅު ތަށްޓަކަށް އަޅާފައި އޭގެ ތެރެއަށް (ފުށާއި ކޯންފްލާ އަދި ބިސް ފިޔަވައި) މެރިނޭޓް ކުރަން ބޭނުންވާ އެހެން ހުރިހާ ބާވަތެއް އެކޮށްފައި 1 ގަޑި އިރުވަންދެން މެރިނޭޓް ކުރަން ބަހައްޓާށެވެ.
  2. ކުކުޅު ކޮޅު ތެލުލަން ވުމުން އެ ތަށްޓަށް ބިހާއި ކޯންފްލާ އަދި ފުށްކޮޅު ވެސް ރަނގަޅަށް އެއް ކޮށްލާށެވެ.
  3. ދެން ތެއްޔަކަށް ތެޔޮއަޅާފައި ތެޔޮ ރަނގަޅަށް ހޫނުވުމުން ފަހަރަކު ކުކުޅު ކޮޅެއް ތެޔޮގަނޑުގެ ތެރެއަށް ލާށެވެ.
  4. ކުކުޅުތަކަށް މަޑު މުށިކުލަ އެރުމުން ތެލުން ކުކުޅު ކޮޅުތައް ނަގާށެވެ.
  5. އެއަށްފަހު ތަވައަކަށް ތެޔޮފޮދެއް އަޅާފައި އޭގެތެރެއަށް ފިޔާކޮޅު އަދި ލޮނުމެދު ކޮޅު އަޅާފައި މޯޅިވަންދެން ދޭފަތުން ހަލުވަމުން ގެންދާށެވެ.
  6. ފިޔާކޮޅު ރަތްވުމުން ހުރިހާ ސޯސްތައް އެއްކުރުމަށްފަހު ލޮނު އަދި އަސޭމިރުސް ކޮޅު ވެސް އެއްކޮށްލާފައި ރަހަ ހެޔޮވަރު ކުރާށެވެ.
  7. އެއަށްފަހު ކުކުޅުކޮޅު އަޅައި ކުކުޅުތަކުގެ ބޭރުގައި ރަނގަޅަށް ސޯސް ހިފާވަރަށް އެއްކުރަމުން 3 މިނެޓް ވަރު ކައްކާލާށެވެ. ސޯސް މާހިކި ނަމަ ކުޑަ ފެންފޮދެއް އަޅާލާށެވެ.