ބޭނުންވާ ތަކެތި

  • 2 މޭޒުމަތީ ސަމުސާ ތެޔޮ
  • 1 މޭޒުމަތީ ސަމުސާ ލޮނުމެދު (ކޮށާފައި)
  • 2 ސައި ސަމުސާ ފިޔާ (ކޮށާފައި)
  • 1 ސައި ސަމުސާ އިނގުރު (ގާނާފައި)
  • 1 މިރުސް (ކޮށާފައި)
  • 2 ޖޯޑު ބަތް (ކައްކާފައި)
  • 1 ސައި ސައި ސަމުސާ ލޮނު
  • 1 ސައި ސަމުސާ އަސޭ މިރުސް
  • 1 ސައި ސަމުސާ ސޯޔާ ސޯސް
  • 1 ބިސް

ތައްޔާރު ކުރާނެ ގޮތް:

  1. އެންމެ ފުރަތަމަ ތެއްޔެއްގެ ތެރޭގައި ތެޔޮ ފޮދު ހޫނުކުރާށެވެ. އަދި، އެއަށްފަހު އޭގެ ތެރެއަށް ލޮނުމެދުކޮޅު އަޅާލުމަށްފަހު ރަން ކުލަ އަރަންދެން މީރު ކުރާށެވެ.
  2. އެއަށްފަހު ފިޔާކޮޅުގެ އެއްބަޔާއި އިނގުރު އަދި މިރުސް އަޅާ ރަނގަޅަށް ހޫނުކޮށްލާށެވެ. އެއަށްފަހު، އޭގެތެރެއަށް ބިސް ތަޅާލުމަށްފަހު ރަނގަޅަށް ކައްކާށެވެ.
  3. ދެން ބަތްކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ލޮނާއި އަސޭ މިރުސް އެޅުމަށްފަހު ރަހަ ހެޔޮވަރު ކުރާށެވެ.
  4. އެންމެ ފަހުން ބާކީ ހުރި ފިޔާކޮޅު އަޅާލުމަށްފަހު ހަނާ ވަންދެން ހާކާފައި އުނދުން މަތިން ބާލާށެވެ.