ބޭނުންވާ ތަކެތި

  • 6 ފޮތި ޕާން
  • 6 މޭޒުމަތީ ސަމުސާ ޕިއްޒާ ސޯސް
  • 1 ޓޮމާޓޯ (ކިއުބްކޮށް ކޮށާފައި)
  • 1/2 ދަޅު މަސް (ތެޔޮ، ފެން ފެލާފައި)
  • 1/2 ޖޯޑު ބެލްޕެޕަރ (ކިއުބްކޮށް ކޮށާފައި)
  • 1/2 ޖޯޑު ފިޔާ (ކިއުބްކޮށް ކޮށާފައި)
  • 1 މިރުސް (ތުނިކޮށް ކޮށާފައި)
  • 1 ސައި ސަމުސާ މުގުރި މިރުސް
  • 1/3 ސައި ސަމުސާ އަސޭމިރުސް
  • 1/2 ސައި ސަމުސާ އޮރިގާނޯ
  • ލޮނު (ރަހަ ލާ ވަރަށް)
  • 1 ޖޯޑު ޗީޒް (ގާނާފައި)
  • 6 މޭޒުމަތީ ސަމުސާ މާޖިރިން

ތައްޔާރު ކުރާނެ ގޮތް:

  1. ޗީޒް، މާޖިރީން އަދި ޕިއްޒާ ސޯސް ފިޔަވައި ދެން ހުރި ހުރިހާ ބާވަތްތައް ތަށްޓަކަށް އަޅައި މަސްގަނޑަކަށް ވަންދެން ރަނގަޅަށް މޮޑެލާށެވެ.
  2. ޕާންފޮތި ތަކުގެ މަތީގައި ޕިއްޒާ ސޯސް ހާކާލާށެވެ. އެއަށްފަހު ތައްޔާރުކުރި މަސްގަނޑުން އެތިކޮޅެއް އަޅައި، ޕާންފޮތީގެ މަތީގައި ރީތިކޮށް ފަތުރާށެވެ. ދެން އޭގެ މައްޗަށް ޗީޒް އަޅާށެވެ.
  3. ތަވާ އުނދުން މައްޗަށް އުދާށެވެ. އޭގެ ތެރެއަށް މާޖިރިން ކޮޅެއް އެޅުމަށްފަހު، މާޖިރިންކޮޅު ވިރުމުން، ތައްޔާރުކުރި ޕާންފޮތި އޭގެ މައްޗަށް ލާށެވެ. އެއަށްފަހު، މަތި ޖަހާލާފައި ޗީޒްތައް ވިރެންދެން އުނދުން މަތީގައި ބަހައްޓާށެވެ. ޕާންތައް ފިހާއިރު، އުނދުނުގެ ގިނި ބަހައްޓަން ވާނީ ވަރަށް މަޑުކޮށްފަ އެވެ.