އިންޑިއާގެ މަޝްހޫރު އަންނައުނު ބްރޭންޑެއް ކަމަށްވާ ޝޯބިޓަމް ބްރޭންޑް އެމްބެސެޑަރަކަށް ބަތަލާ ވިދިޔާ ބާލަން ހަމަޖައްސައިފި އެވެ.
އެގޮތުން އިންޑިއާ އާއި ބޭރުގެ މާކެޓްތަކުގައި ޝޯބިޓަމް ބްރޭންޑްގެ ހެދުމާއި އަތްދަބަސް ވިދިޔާ ޕްރޮމޯޓް ކުރާނެ އެވެ.
މި އެއްބަސްވުމާއި ބެހޭ ގޮތުން ވިދިޔާ ބުނީ އިންޑިއާގެ މުއްސަނދި ސަގާފަތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕްރޮމޯޓް ކުރަން ލިބުމުން އެކަމާއި އުފާކުރާ ކަމަށެވެ.
ޝޯބިޓަމްގެ ކޯ ފައުންޑަރު އަޕަނާ ތިޔާގަރަޖަން ބުނީ "ކަސްޓަމަރުންނާ ބްރޭންޑް ގުޅުން އިތުރަށް ރަނގަޅު ވެގެންދާނެ ކަމަށެވެ. އަދި ވިދިޔާ ބްރޭންޑް އެއްބެސެޑަރަކަށް ވުމުން އެކަމާ އުފާކުރާ ކަމަށެވެ.
ނެޝަނަލް އެވޯޑް ހޯދާފައިވާ ވިދިޔާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2022 ވަނަ އަހަރު ނެރުނު "ޖަލްސާ" އެވެ.
ގުދުރަތީ މާހައުލެއްގައި 20 މިނެޓުން ވެސް ގިނަ ފައިދާތަކެއް!
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ