"ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓުގެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ފުލުހުންނަށް ހުށަހަޅުއްވައިފި އެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު ފުލުހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއްކަމަށް ބައެއް ފަރާތްތަކުން ހީކުރެވި އެތަކެއް އޮޅުމެއް އަރައި އެކަމުގެ ސަބަބުން އެމަނިކުފާނަށް އިންތިހާއަށް ގެއްލުން ލިބޭ ކަމަށެވެ. ރައީސް ނަޝީދު ފުލުހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވަނީ ފުލުހުން އެ ޓުވިޓާ އެކައުންޓުގެ އަސްލު ހޯއްދަވައި ދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.

"ހަސަން ކުރުސީ"ގެ ނަމުގައި ޓުވިޓާގައި ހިންގާ އެކައުންޓަކީ ރައީސް ނަޝީދު ބޭނުންކުރައްވާ ޓުވިޓާ އެކައުންޓެއްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެ އެކައުންޓަކީ ނަޝީދުގެ އެކައުންޓެއްކަމަށް ބައެއް މަޖިލިސް މެމްބަރުންވެސް ވިދާޅުވެ އެވެ. އެ އެކައުންޓުން ސަރުކާރުެގ ސިޔާސަތުތަކަށާއި ސަރުކާރުގެ އިސްވެރިންނަށާއި އަދި ރައީސް ސޯލިހަށްވެސް ވަރަށް ބޮޑަށް ފާޑުކިޔާ އެކި ކަހަލަ ތުހުމަތުތައް ކުރެ އެވެ.