ބޭނުންވާ ތަކެތި

  • 1 ކިލޯ އަލުވި (ފޮތިކޮށް ކޮށާފައި)
  • 40 ގ ބަޓަރު
  • 1/3 ޖޯޑު ފުށް
  • 2 ފިޔާ (ކުދިކޮށް ކޮށާފައި)
  • 1 ލީޓަރު ކިރު
  • ½ ސަމްސާ އަސޭމިރުސް
  • ½ ސަމްސާ ލޮނު
  • 50 ގ ޗީޒް

ތައްޔާރު ކުރާނެ ގޮތް

  1. ފުރަތަމަ ތަވައެއްގައި ބަޓަރު ކޮޅު ވިރެންދެން ހޫނު ކޮށްލުމަށް ފުށްކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ކިރު ކޮޅުއަޅާ އޮލަވަންދެން ކައްކާށެވެ. ބޭނުންވާނަމަ ސޯސްކޮޅު ތެރެއަށް ކުޑަ ޗީޒްކޮޅެއް އެޅިދާނެ އެވެ.
  2. ސޯސްކޮޅު އެއްކޮށް އޮލަ ވުމުން އޭގެތެރެއަށް އަސޭމިރުސް އަދި ލޮނުކޮޅު އަޅައި ހޫނު ކުރުމަށްފަހު އުނދުން ނިއްވާލާށެވެ.
  3. އެއަށްފަހު ޓްރޭއެއްގައި ސޯސްކޮޅުގެ އެއްބައި އެޅުމަށްފަހު އޭގެމަތިން އެއްބައިއަލުވި ފޮތިތައް އަތުރާށެވެ. އަދި އޭގެމަތިން ފިޔާތައް އަތުރާލުމަށްފަހު ބާކީހުރި ސޯސްކޮޅު އެއްކޮށް އަޅާ ރީތިކޮށް ފަތުރާލާށެވެ.
  4. ދެން އޭގެ މަތީގައި ބާކީހުރި އަލުވި ފޮތިތައް އެތުރުމަށްފަހު މަތި ފޮރުވެންދެން ޗީޒް އަޅާށެވެ.
  5. އެއަށްފަހު އަވަނަށް ލައި 180 ޑިގްރީގައި 35 މިނެޓް ވަންދެން ފިހާށެވެ.