މި އަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
ހަނދު ސާބިތު ކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 8:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގަ އެވެ.
މި ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމާ ނިންމުން ވަގުތުން ދުރަށް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ފޭސްބުކް ޕޭޖުން ވެސް ލައިވްކުރާނެ އެވެ.
ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހަނދުބެލުން އޮންނާނެ އެވެ. ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގަ އެވެ.
ބޭރުގައުމަކަށް ހަނދު ފެނިއްޖެނަމަ އެ މައުލޫމާތު ހިއްސާކުރާނީ ފޮރިން މިނިސްޓްރީންނެވެ.
ލަމްހާ އާއި މާވިންގެ މައްސަލާގެ ހުކުމް އަންނަ މަހު އިއްވަނީ
މިދިޔަ އަހަރު ބީއެމްއެލްއަށް ރެކޯޑު މާލީ ނަތީޖާއެއް!
ރިޔާސީ ދައުރު ދަންމާލާކަށް ނުވިސްނަން: ރައީސް
