ބޭނުންވާ ތަކެތި
- 226ގ ޗޮކްލެޓް
- ¾ ޖޯޑު ބަޓަރު
- ¼ 1 ޖޯޑު ހަކުރު
- 2 ބިސް
- 2 ސައިސަމުސާ ވެނީލާ އެސެންސް
- ¾ ޖޯޑު ފުށް
- ¼ ޖޯޑު ކޮކޯ ޕައުޑަރު
- 1 ސައިސަމުސާ ލޮނު
ތައްޔާރު ކުރާނެ ގޮތް
- ޗޮކްލެޓް ގަނޑު ކުދިކޮށް ކޮށައި އެއިން އެއްބައި ދިޔާ ކޮށްލާށެވެ.
- އެއަށްފަހު ބަޓަރާއި ހަކުރު އެއްކޮށްލާށެވެ. އަދި އޭގެ ތެރެއަށް ބިހާއި އެސެންސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
- ދެން ދިޔާކޮށްލި ޗޮކްލެޓް، ފުށް އަދި ކޮކޯ ފައުޑާ އަޅާ އެއްކޮށްލާށެވެ.
- ރަނގަޅަށް އެއްވުމުން ބާކީހުރި ޗޮކްލެޓް ކޮޅު އަޅައި ރަނގަޅަށް ގިރާށެވެ.
- ޓްރޭއެއްގައި ތެޔޮ ނުވަތަ ބޭކިންގް ޕޭޕަރ އެޅުމަށްފަހު ތައްޔާރުކުރި ފުށްގަނޑު އަޅައި 20-25 މިނެޓަށް 180 ޑިގްރީގައި އަވަނުން ފިހެލާށެވެ.