މިއަހަރު ވެސް ފިތުރު އީދު ބޮޑު ޖަމާއަތުގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މާލޭ 7 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނެ ކަމަށެވެ.
މިފަހަރު ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރުން އޮންނާނެ ސަރަހައްދުތައް:
- މާލެ- މާފަންނު ސްޓޭޑިއަމްގައި
- މާލެ- އިސްލާމީ މަރުކަޒާއި މައިދާން ސަރަޙައްދު
- މާލެ- މަސްޖިލް މަލިކި ސަލްމާން މިސްކިތާއި މާބްލް ސަރަޙައްދު
- ހުޅުމާލެ ފޭސް 1- ހުޅުމާލެ ސިންތެޓިކް ޓްރެކް
- ހުޅުމާލެ ފޭސް 2- ކްރިކެޓް ސްޓޭޑިއަމް (H16 އާ ދިމާލަށް އޮންނަ ސަރަޙައްދު)
- ވިލިމާލެ- ފުޓްބޯޅަ ދަނޑު
ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ވެސް ޢީދު ނަމާދުކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އީދު ނަމާދަށް އަންނަ މީހުން ގެއިން ވުޟޫކޮށްގެން އައުމަށާ އަމިއްލަ މުޞައްލައެއް ގެނައުމަށާއި އަމިއްލަ ފެންފުޅިއެއް ގެނައުމަށައި ފައިވާންލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެނައުމަށް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.
އިސްލާމިކު މިނިސްޓްރީން ބުނީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ އޮންނާނެ ކަމަށެވެ.
މިރޭ 8:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވަން މި ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމާ ނިންމުން އިއުލާންކުރާއިރު ޓީވީ/ ރޭޑިއޯއިން ލައިވްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިނިސްޓްރީގެ ފޭސްބުކް ޕޭޖުން ވެސް ލައިވްކުރާނެ އެވެ.
ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަނދުބެލުން އޮންނާނެ އެވެ. ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައި ވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގަ އެވެ.
ބޭރު ގައުމަކަށް ހަނދު ފެނިއްޖެނަމަ އެ މައުލޫމާތު ހިއްސާކުރާނީ ފޮރިން މިނިސްޓްރީންނެވެ.