އިހްސާސް ކުރެވޭ ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތި ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ބުނެފިއެވެ.

މިދުވަސްވަރަކީ ރައްޖޭގެ އެކި ސަރަހައްދުތަކަސް ހޫނު ދުވަސް ވަރެކެވެ. މިއަހަރު މިވަނީ މިދިޔަ އަހަރަށްވުރެވެސް ހޫނުމިން މައްޗަށް ޖެހިލަފައި އެވެ. މިއަހަރު 44 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް މިދިޔަ އަހަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހްސާސް ކުރެވުނު ހޫނުމިން ހުރީ 43 ޑިގްރީ ސެލްސިއަސްގައެވެ.

މެޓް އޮފީހުން ބުނީ މިއަދު މެންދުރުފަހު 2:00 ގައި ލ. ކައްދޫގައި އިހުސާސް ކުރެވޭ ހޫނުމިން ހުރީ 44.3 ޑިގްރީ ސެލްސިއަސްގަ އެވެ. އިއްޔެ އެ ގަޑީގައި ހޫނުމިން ހުރީ 41.5 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި ސ. ގަމުގެ ފިނި ހޫނު މިން ހުރީ 41 ޑިގްރީ ސެލްސިއަސްގައެވެ. އިހްސާސް ކުރެވޭ ފިނި ހޫނުމިން އެންމެ މަތީ ލ. ކައްދޫގައެވެ. އެ ރަށުގައި ހުރީ 44.3 ޑިގްރީ ސެލްސިއަސްގައެވެ.

އޭޕްރީލް މަހަކީކޮންމެ އަހަރަކުބެސް ރާއްޖެއަށް ހޫނު ދުވަސްވަރެކެވެ. މި ދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނު މިނަށް ވުރެ އިހްސާސް ކުރެވޭ ހޫނު މިން އެތައް ގުނައެއް މަތިވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައި އެވެ.

މިދުވަސްވަރު އެންމެ ހޫނު ގަދަ ވާނީ މެންދުރު ފަހު 2:00 ގައި އެވެ. އަދި މިދުވަސް ވަރަކީ ހޫނު ގަދަދުވަސްވަރަކަށް ވާއިރު ބޭރަށް ނުކުމެ އުޅޭ އިރުގައި ރައްކާތެރިވުމަށްވެސް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.