ކ. ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި މީހަކު ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 4:40 ހާއިރު އެކްސިޑެންޓު ހިނގިކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި ފޭދޫ ފިނޮޅު ކައިރިން މި އެކްސިޑެންޓް ހިނގީ ދެ ލޯންޗެއް ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވެ މަރުވީ އުމުރުން 53 އަހަރުގެ މީހަކަށެވެ. އެމީހާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެމީހާ ނިޔާވެފައިވާކަން ހޮސްޕިޓަލުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

އެކްސިޑެންޓައި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.