އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ އަތްޕުޅު ބުރިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ގޮވާލައްވައިފި އެވެ.
މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ޗާގޮސް މައްސަލައާ ގުޅިގެން މެންބަރުންގެ މެދުގައި ކުރެވުނު ބަހުސެއްގެ މެދު ތެރެއިން ގުރޫޕަށް ފޮނުއްވި މެސެޖުގައި ޝިފާއު ވިދާޅުވީ ރައީސް ޔާމީނުގެ އަތްޕުޅު ބުރިކުރަން ޖެހޭކަމަށެވެ. އަދި އެމަނިކުފާނު އިތުރު 100 އަހަރަށް ޖަލަށްލާންޖެހޭ ކަމަށްވެސް ޝިފާއު ވިދާޅުވި އެވެ.
ޝިފާއުއަކީ މަޖިލީހުގެ ތަޅުމުގައިވެސް އަދި ސޯޝަލް މީޑިއާގައިވެސް ރައީސް ޔާމީނަށް ވަރަށް ހަޑި ހުތުރުކޮށް މުހާތަބްކޮށް ވާހަކަ ދައްކާ މެމްބަރެކެވެ. އަދި ކޮވިޑް ތެރޭގައިވެސް ކޮވިޑަކީ އެހާ ބޮޑު ކަމެއް ނޫންކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައި ވަރަށް ތާކުން ތާކުނުޖެހޭ ވާހަކަތައް ދައްކާފައިވެ އެވެ.
ރައީސް ސޯލިހަށް ތާއީދު ކުރައްވާ ޝިފާއު ރައީސް ޔާމީންގެ އަތްޕުޅު ބުރިކޮށް ޖަލަށްލާން ގޮވާލިއިރު އެމްއެއްޕީއާރްސީގެ މައްސަލައިގައި އެންމެ ބޮޑު ހިޔާނާތްވެފައިވާ އަހްމަދު އަދީބު ހުރީ ގޭގަ އެވެ.
ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް އޯވީއެސް
"މުއިއްޒު ބޭނުންނުވާ އެއްވެސް ކަމެއް ޕީއެންސީގައި ނުހިނގާނެ"
ގުދުރަތީ މާހައުލެއްގައި 20 މިނެޓުން ވެސް ގިނަ ފައިދާތަކެއް!