މިއަހަރު އަލަށް 211 ޒުވާނުންނަސް ވޯޓު ލުމުގެ ހައްގު ލިބިގެންވާ ކަމަށާއި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްލަ 282،755 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ ކަމަށް އިލެކްޝަސް ކޮމިޝަނުން ބުނެފި އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަންޖެހިއްޖެ ނަމަ ވޯޓްލުން ސެޕްޓެމްބަރު މަހުގެ 30 ގައި ބޭއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައި އެވެ.

ކޮމިޝަނުން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން 282755 މީހުންނަށް ވޯޓުލުމު ހައްޤު ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144،408 ފިރިހެނުންނާއި 138347 އަންހެނުންނެވެ.

ވަގުތީ ވޯޓާސް ލިސްޓު އާންމު ކޮށްފައިވާއިރު ލިސްޓުގައި މައްސަލައެއް އުޅޭނަމަ ޝަކުވާ ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް އިލެކްޝަންސް އިން ވަނީ ދީފައި އެވެ.

2018 ވަނަ އަހަރަށްވުރެ އިތުރަށް 19755 މީހުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯތުލުމުގެ ހައްގު ލިބިގެންވެއެވެ. މިއީ 2018 ވަނަ އަހަރަށްވުރެ 10 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މިއަހަރު މުޅިން އަލަށް 21،000 ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާކަމަށް އިލެކްޝަންސް އިން ހާމަ ކުރެއެވެ.