"ބިގް ބޮސް" އިން ވިދާލި ތަރި، ޝެހެނާޒް ގިލް އާ ގެއެއް ގަނެފި އެވެ.

ޝެހެނާޒަކީ ސަލްމާން ހުށަހަޅާ ބިގްބޮސްގެ 13 ވަނަ ސީޒަނުން ފެނުނު ތަރިއެކެވެ. އަދި ސަލްމާން ހާންގެ އާ ފިލްމު "ކިސީ ކާ ބާއި ކިސީ ކީ ޖާން" އިން ޝެހެނާޒް ވަނީ ފެނިގެން ގޮސްފަ އެވެ.

ޝެހެނާޒް ގެއެއް ގަނެފައިވާކަން އިއުލާނުކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓަކުންނެވެ. އެއާއެކު އޭނާގެ ސަޕޯޓަރުން ވަނީ ތަހުނިޔާގެ މެސެޖުތައް ފޮނުއްވާފަ އެވެ. ޝެހެނާޒް މިގެ ގަތީ ކިހާވަރަކަށް ކަމެއް ހާމަކޮށްފައިނުވެ އެވެ.

ޝެހެނާޒް އިންސްޓަގްރާމް ސްޓޯރީ

މީގެ ކުރިން ޝެހެނާޒް ވަނީ ޕަންޖާބީ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކޮށްފަ އެވެ.

އެގޮތުން ޝެހެނާޒްގެ ޕަންޖާބީ ޑެބިއު ފިލްމަކީ 2017 ވަނަ އަހަރު ނިކުތް "ސާތު ޝްރީ އަކާލް އިންގްލޭންޑް" އެވެ. އޭގެ ފަހުން "ކަލާ ޝާހް ކަލާ" އާއި "ދާކާ" ފަދަ ޕަންޖާބީ ފިލްމުތަކުން އޭނާ ފެނުނެވެ. "ބިގް ބޯސް" ސީޒަން 13 ގައި ވެސް ފެނުނު ޝެހެނާޒް، އެންމެ ފުރަތަމަ މަޝްހޫރުވީ 2015 ވަނަ އަހަރު ރިލީޒްކުރި އޭނާގެ "ޝިވް ދީ ކިތާބު" ލަވައިންނެވެ.