މޭގަން ޑިންނީސް ފޮކްސް އަކީ އެމެރިކާގެ މަޝްހޫރު ތަރިއެކެވެ.

ދެހާސް އެއްވަނަ އަހަރު ރިލީޒްކުރި 'ހޮލިޑޭ އިންދަ ސަން' އިން ފިލްމީ ކެރިއަރު ފެށި މޭގަން ކާމިޔާބީ ހޯދީ 2009 ވަނަ އަހަރު ނެރުނު 'ޖެނިފާސް ބޮޑީ' އިންނެވެ. އެއާއެކު ޖެނިފާ އަކީ ގިނަ ބަޔަކު ލޯބިކުރާ މަގުބޫލު ތަރިއަކަށް ވެގެންދިޔަ އެވެ.

ފިލްމީ ދާއިރާގައި މަސައްކަތްކުރާ ތަރިންނަކީ އެތައް ބަޔަކު، އެމީހުންގެ ރޯލް މޮޑެލްގެ ގޮތުގައި ބަލައި ބައެކެވެ.

ސަބަބަކީ އެ ފަންނާނުން އާންމުންނާއި ކުރިމަތިލަނީ ހުރިހާ ގޮތަކުން ވެސް އެންމެ ފުރިހަމަކަން ހޯދައިގެންނެވެ. ފަންނާނުންނަށް މިކަން ހާސިލްކޮށްދިނުމަށް، އަގުބޮޑުކޮށް ވަޒީފާދީފައި ތިބޭ ފެޝަން ސްޓައިލިސްޓުން އަދާކޮށްދެނީ ވެސް ވަރަށް މުހިންމު ރޯލެކެވެ. އެ ލިސްޓުގައި މޭގަންގެ ވެސް ހިމެނުނެވެ. އޭނާއަށް ކަމުދާ ކަންކަމާއި ކަމުނުދާކަންކަން ފޭނުން ހޯދަން ފެށި އެވެ.

ނަމަވެސް ލޮލަށް ފެންނަ ކޮންމެ ކަމެއް ތެދަށް ނުވާފަދައިން، ބޭރުފުށުން ސާފުތާހިރުކަމަށް ދައްކައިގެން އުޅޭ މީހުން ވެސް ދުނިޔޭގައި މަދެއް ނޫނެވެ. އޭގެތެރޭގައި އާންމުން ނަމޫނާ ނަގާ ބައެއް މީހުން ވެސް ހިމެނޭކަމީ ޝައްކެއް ވެސް ނެތް ކަމެކެވެ.

ހަމައެފަދައިން މޭގަން އަކީ ވެސް ސާފުތާހިރުކަމުގައި ވަރަށް ފަހަތުގައިވާ ތަރިއެކެވެ. އޭނާ ގިނަ ފަހަރަށް ފާހާނާ ކުރުމަށްފަހު ފްލަޝް ނުކުރާ ކަމަށާއި، ލާން ގެންގުޅޭ އަންނައުނު އެކި ތަންތަނަށް އުކާ ބަހައްޓާކަމަށް އޭނާ އިންޓަވިއުތަކުގައި އެއްބަސްވެފައިވެ އެވެ. މޭގަން ހާމަކުރާ ގޮތުގައި އޭނާ ލާން ގެންގުޅޭ އަންނައުނު ބޭލުމަށްފަހު އެއްލައިލާ ތަނެއްގައި ހަފްތާ، ދެހަފްތާ ފާއިތުވެގެން ހިނގައިދެ އެވެ.

މޭގަން އަކީ ދުނިޔޭގެ އެންމެ ރީތި އަންހެނާކަމަށް 2008 ވަނަ އަހަރު އެފްއެޗްއެމް ވޯޓުން ހޮވުނެވެ. ފޭނުންނަށް އޭނާ އެންމެ ބޮޑަށް ކަމުދިޔައީ އޭނާގެ ރީތިކަމުގެ ސަބަބުންނެވެ.