އިނގިރޭސި ރަސްގެފާނު ކިންގް ޗާލްސް ރަސްކަމުގެ ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތުގައި ފުރަތަމަ ފަހަރަށް ދިވެހި ސިފައިން ބައިވެރިވެއްޖެ އެވެ.
ރަސްގެފާނު ޗާލްސް ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތުގެ ޚާއްސަ ޕެރޭޑުގައި ދިވެހި ސިފައިންގެ 10 އޮފިސަރުން ބައިވެރިވި އެވެ.
މިއަދު ބޭއްވި ރަސްމީ ޕެރޭޑުގައި އެމްއެންޑީއެފްގެ 10 އޮފިސަރުން ބައިވެރިވީ ކޮމަންވެލްތު މެމްބަރު ގައުމެއްގެ ހައިސިއްޔަތުންނެވެ. ރާއްޖެ ހިމެނޭ ގޮތަށް ކޮމަންވެލްތު ގައުމުތަކުގެ 400 އެއްހާ ސިފައިން ރަސްމީ ޕެރޭޑުގައި ބައިވެރިވިއެވެ.
މިއީ މިފަދަ ރަސްމިއްޔާތެއްގައި ދިވެހި ސިފައިން ބައިވެރިވި ފުރަތަމަ ފަހަރެވެ.
ކިންގް ޗާލްސް ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މޫސާ ލަތީފާއި ދައުރު ނޫހާ ދެކޮޅަށް އަޒާން އަބުރުގެ ދައުވާކޮށްފި
މާލެ ސަރަހައްދުން ދެ މީހަކަށް ހިމަބިހި ޖެހިއްޖެ
"އެސްއެމްއީ 360" އިފްތިތާހުކޮށްފި
